މެރަނާ ސްކީމް

'މެރަނާ' ސްކީމް

'މެރަނާ' ސްކީމަކީ ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯއްދެވުމުގައި ލުއި ގޮތްތަކެއް ފަހިކޮށްދިނުމަށް ޤާއިމުކޮށްފައިވާ ސްކީމެކެވެ.

'މެރަނާ' ގެ ކޮންމެ ބައިވެރިއަކަށް، ޖުމްލަ ކަވަރޭޖްގެ ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހިފައިވެއެވެ. އެނދުމަތި ނުކޮށް (އައުޓްޕޭޝަންޓް/އޯ.ޕީ) ނަންގަވާ ޚިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރަކު 10,000 ރުފިޔާއެވެ. އަދި އެނދުމަތިކޮށްގެން (އިންޕޭޝަންޓް/އައި.ޕީ) ދެވޭ ޚިދުމަތުގެ މިންވަރަކީ، އައުޓްޕޭޝަންޓް ކަވަރޭޖް ހިމަނައިގެން، ޖުމުލަ 150،000 ރުފިޔާއެވެ.

މެރަނާ ސްކީމްގެ ދަށުން އިންޑިއާ އަދި ސްރީ ލަންކާއިން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭ މަރުކަޒުތަކުން މެރަނާ ސްކީމްގެ ދަށުން 'ކޭޝްލެސް' ޚިދުމަތް ލިބިގެންދާނެއެވެ.

މެރަނާ ސްކީމްގައި ރަޖިސްޓަރވެފައިވާ މެލޭޝިއާގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުން، މެލޭޝިއާގެ ހޮސްޕިޓަލުތަކުން ޚިދުމަތް ލިބިގަތުމަށްފަހު، 'ރީއިމްބަރސްމަންޓް' ފޯމު ފުރިހަމަ ކުރައްވާ، ޚިދުމަތްހޯދި ބިލްތަކުގެ ކޮޕީއާއެކު މެރަނާ ސްކީމްގެ ޕޯޓަލް abroad.aasandha.mv އަށް ފޯމު ހުށަހެޅުއްވުމުން ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން ފައިސާ ހަމަޖެހިގެންދާނެއެވެ. 

[email protected] އަށް މެއިލް ކުރައްވައިގެންވެސް ރީއިމްބަރސްމަންޓަށް ހުށަހެޅުއްވޭނެއެވެ. އަދި ފެން ބިލްޑިންގެ 3 ވަނަ ފަންގިފިލާގައި ހުންނަ އާސަންދަ ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީހަށް ހާޑް ކޮޕީ ފޮނުއްވައިގެންވެސް ރީއިމްބަރސްމަންޓަށް ހުށަހެޅުއްވޭނެއެވެ. 

ރީއިމްބަރސްމަންޓް ފޯމް މި ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އަދި އެޤައުމެއްގެ އެމްބަސީ ނުވަތަ ކޮންސިއުލޭޓުންވެސް ފޯމު ލިބިލައްވާނެއެވެ.

ފަރުވާ ހޯއްދަވާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަސް ތެރޭގައި ފައިސާ ހޯދުމަށް ( ރީއިމްބާރސް ކުރުމަށް) ހުށަހަޅުއްވަންވާނެއެވެ. އަދި ޚިދުމަތް ހޯއްދަވައިފައިވާ ބިލްތައް ބަލައިގަނެވޭތާ 20 (ވިހި) ދުވަހުގެ ތެރޭގައި ރީއިމްބާރސް ކޮށްދެވޭނެއެވެ.