ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކާއި އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު ވިރަ މަޢުލޫމާތު މަރުކަޒުން ލިބިގެންދާނެއެވެ. އަދި އެ ޚިދުމަތްތައް ހޯދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަރުކަޒުން އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. މިގޮތުން ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް މި ސެންޓަރުން އޮޅުންފިލުވައިދެވޭނެއެވެ. އަދި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.