ތަފާސްހިސާބު

އާސަންދަ ސްކީމްގެ ތަފާސްހިސާބު – 2024: ކުއާޓަރ 1

މި ހިނގާ 2024 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މާރިޗް 31 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 838 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4.8 ގެ އިތުރުވުމެކެވެ. ފާއިތުވީ އަހަރުގެ ފުރަތަމަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 799 މިލިއަން ރުފިޔާއެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޢަދަދު ޖުމުލަ 273،434 ގައި ހުރިއިރު، މިއަހަރު މި ޢަދަދުވަނީ 276،439 އަށް އިތުރުވެފައެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،599 ފަހަރަށް ބަލި މީހުން އިމަރޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން ވަނީ ފޮނުވިފައެވެ.

ޝާއިއު ކުރެވުނީ: 31-03-2024
މި ޕޭޖު ޝެއަރ ކޮށްލައްވާ