މެރަނާ ސްކީމް
ސްކީމްގެ ތަޢާރަފް
މެރަނާ ސްކީމް އަކީ އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ފިލިޕީންސްގައި ދިރިއުޅޭ ދިވެހިންނަށް ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޚާއްޞަ ސްކީމެކެވެ. މި ސްކީމްގެ ދަށުން އެހީތެރިކަން ލިބޭނީ މަދުވެގެން 6 މަސްދުވަހުގެ މުއްދަތަށް ސައްހަ ވިސާއެއް އޮންނަ ފަރާތްތަކަށެވެ.
ލިބޭ މައިގަނޑު ފައިދާތައް
- އަހަރަކު: ބައިވެރިވާ ކޮންމެ މީހަކަށް އަހަރަކު -/150,000 (އެއްލައްކަ ފަންސާސް ހާސް) ރުފިޔާ.
- އައުޓްޕޭޝަންޓް: އަހަރަކު -/10,000 (ދިހަ ހާސް) ރުފިޔާ (މިއީ ޖުމްލަ ލިމިޓްގެ ތެރެއިން ހިމެނޭ އަދަދެކެވެ).
- އިންޕޭޝަންޓް: އަހަރަކު -/150,000 ރުފިޔާއާ ހަމައަށް (މީގެ ތެރޭގައި އައުޓްޕޭޝަންޓް ޚިދުމަތްތައް ވެސް ހިމެނޭނެއެވެ).
- އިންޝުއަރެންސްގެ ދަށުން ކަވަރު ނުކުރާ ތަކެތި އުނިކުރުމަށްފަހު، ބާކީ އޮންނަ ޖުމްލަ އަދަދުގެ %65 މެރަނާ ސްކީމުން ހަމަޖައްސައިދޭނެއެވެ.
- އިންޑިއާ އަދި ސްރީލަންކާގައި އާސަންދައިގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ މަރުކަޒުތަކުން، ފައިސާ ދައްކަން ނުޖެހޭ ގޮތަށް (ކޭޝްލެސްކޮށް) ފަރުވާ ހޯދޭނެއެވެ.
- މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ސްރީލަންކާގައި ހޯދާ ޚިދުމަތްތަކަށް، ފައިސާ އަނބުރާ ހޯދުމުގެ (ރީއިމްބާސްމަންޓް) އުސޫލުން ފުރުސަތު އޮންނާނެއެވެ.
ޝަރުޠުތައް
- އިންޑިއާ، ސްރީލަންކާ، މެލޭޝިއާ ނުވަތަ ފިލިޕީންސްގައި ދިރިއުޅޭ ދިވެއްސަކަށްވުން.
- ބިޒްނަސް އަދި މެޑިކަލް ވިސާ ފިޔަވައި، މަދުވެގެން 6 މަސްދުވަހުގެ މުއްދަތު އޮތް ޞައްޙަ ވިސާއެއް އޮތުން
- ޚިދުމަތް ހޯދި މުއްދަތުގައި، މަދުވެގެން 6 (ހަ) މަސްދުވަހުގެ މުއްދަތު އޮތް ސައްހަ ވިސާއެއް ޚިދުމަތް ލިބިގަންނަ ފަރާތުން ހުށަހަޅާފައި (އަޕްލޯޑްކޮށްފައި) ނުވާނަމަ، މިއީ ސައްހަ އެއްޗެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.
- ޙިދުމަތް ހޯދުމުގެ ކުރިން މެރަނާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައިވުން.
ރަޖިސްޓްރީވާނެ ގޮތް
- މެރަނާ ޕޯޓަލް meranaa.aasandha.mv އަށް ވަދެވަޑައިގަންނަވާށެވެ.
- ރަޖިސްޓްރޭޝަން ފޯމުގައިވާ މަޢުލޫމާތުތައް ފުރިހަމަކުރައްވާށެވެ.
- ބޭނުންވާ ތިރީގައިވާ ލިޔުންތައް އަޕްލޯޑް ކުރައްވާށެވެ:
- މުއްދަތު ހަމަނުވާ ޕާސްޕޯޓުގެ ކޮޕީ.
- މުއްދަތު ހަމަނުވާ ވިސާ (މަދުވެގެން 6 މަސްދުވަހުގެ މުއްދަތު އޮންނަންވާނެއެވެ).
- ފޯމު ހުށަހެޅުމަށްފަހު، އެ ގައުމެއްގައި ހުންނަ ދިވެހި ހައިކޮމިޝަން މެދުވެރިކޮށް ރަޖިސްޓްރޭޝަން ކަށަވަރުކުރައްވާށެވެ.
- އާސަންދަ ކުންފުނިން ރަޖިސްޓްރޭޝަން ފާސްކުރުމުން (އެޕްރޫވް ކުރުމުން)، މެރަނާ ސްކީމްގެ ދަށުން ޚިދުމަތްތައް ލިބިގަނެވޭނެއެވެ.
ކޭޝްލެސް ޚިދުމަތް ހޯދުން (އިންޑިއާ އަދި ސްރީލަންކާ)
- އާސަންދަ އެމްޕެނަލްކޮށްފައިވާ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާއިރު، ސްކީމްގެ އުޞޫލުތަކާއި ލިމިޓްތަކާ އެއްގޮތަށް އަތުން ފައިސާ ދައްކަން ނުޖެހޭ ގޮތަށް ޚިދުމަތް ލިބޭނެއެވެ.
- ހޮސްޕިޓަލުގައި އެޑްމިޓްވުމުގެ ކުރިން، އެއީ އާސަންދަ ގަބޫލުކުރާ ތަނެއްކަން ކަށަވަރުކޮށް، ޕްރީ-އޮތޮރައިޒޭޝަން ހޯދުމުގެ ކަންކަން ފުރިހަމަކުރައްވާށެވެ.
ފައިސާ އަނބުރާ ހޯދުން (މެލޭޝިއާ,ފިލިޕީންސް އަދި ކޭޝްލެސް ނޫން ހާލަތްތަކުގައި)
- ފަރުވާއަށްފަހު، ރީއެމްބާސްމަންޓް ފޯމު ފުރިހަމަކުރައްވާށެވެ (ޕޯޓަލްއިން ޑައުންލޯޑް ކުރެވޭނެ)
- އަސްލު ބިލްތަކާއި، ރިސިޓްތައް އަދި މެޑިކަލް ރިޕޯޓްތައް ތިރީގައިވާ ގޮތަށް ހުށަހެޅިދާނެ:
- އޮންލައިންކޮށް: meranaa.aasandha.mv
- އީމެއިލް: [email protected]
- އަތުން ހަވާލުކުރުން: އާސަންދަ ކަސްޓަމާ ސާވިސް ފްރަންޓް އޮފީސް، 3 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، މާލެ.
- ސުންގަޑި: ފަރުވާ ހޯދާތާ 60 ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެއެވެ.
- ލިޔެކިޔުންތައް ލިބޭތާ 20 ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ފޯމުތަކާއި އެހީތެރިކަން
- ރީއެމްބާސްމަންޓް ފޯމް: ޑައުންލޯޑް
- އިތުރު މަޢުލޫމާތު ނުވަތަ އެހީތެރިކަން ބޭނުންފުޅުވާނަމަ:
- ކޯލް ސެންޓަރު: 1400
- އީމެއިލް: [email protected]
- ވަޓްސްއަޕް ޗެޓް: 920100 960+