ކުންފުނީގެ ތަޢާރަފް

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.


 

ތަޞައްވަރު

ޞިއްޙީ ޚިދުމަތްތަކުގެ ޚަރަދު ހަމަޖެއްސުމުގައި ފުދުންތެރި، ފަސޭހަކަމާއެކު ފަރުވާއަށް ވާޞިލުވެވޭ، ދުޅަހެޔޮ ރައްޔިތެއް.

މުހިންމަތް

ޞިއްޙީ ޚިދުމަތުގެ ޚަރަދު ހަމަޖެއްސުމުގެ ވަށައިޖެހިފައިވާ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ޒަމާނީ ހޯދުންތަކުގެ އަލީގައި ހައިނުކޮށް ކުރިއެރުވުމާއެކު، މަސްލަހަތްތެރިން އިތުބާރުކުރާ ފެންވަރުގައި، ފަސޭހަކަމާއި، ހަމަހަމަކަމާއި، ހާމަކަމާއެކު، މެދުކެނޑުމެއްނެތި، ހުރިހާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުން.

އަހަންމިއްޔަތުކަންދޭ އަގުތައް

Trust and Integrity

ލޯތްބާއި އިޙްތިރާމް

ރައްޔިތުންނަށްދޭ ޚިދުމަތްތަކަކީ، އިޙްތިރާމާއި، ހިނިތުންވުމާއި، ލޯތްބާއެކު ދެވޭ ޚިދުމަތްތަކެއްކަން ކަށަވަރުކުރުން.

Excellence in Service

ނަޒާހަތްތެރިކަމާއި އިތުބާރު

މަސްލަހަތްތެރިންނާއެކު ދެފުށް ފެންނަ ގޮތެއްގައި، ތެދުވެރިކަމާއެކު މަސައްކަތް ކުރުން.

Teamwork

އުފެއްދުންތެރިކަމާއި ދެމެހެއްޓެނިވި ޚިދުމަތުގެ އަމާޒު

ކުންފުނީގެ މަސައްކަތްތައް ހެކީގެ މައްޗަށް ބިނާކޮށް، އުފެއްދުންތެރި ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު ތަރައްޤީކޮށް ހަރުދަނާކުރުން.

Teamwork

އެއް ރޫޙެއްގައި ބަދަހިކޮށް މަސައްކަތްކުރުން

ހުރިހާ މުވައްޒަފުންނަކީވެސް އެކަކު އަނެކަކަށް އިޙްތިރާމުކުރާ، އެކުވެރި މާހައުލެއްގައި މަސައްކަތްކުރާ، ޤާބިލު އަދި ޒިންމާދާރު މުވައްޒަފުންތަކެއްކަން ކަށަވަރުކުރުން.

ހާސިލް ކުރެވުނު ލަނޑުދަނޑިތައް

../../api/files/20260603-095931-20260325-054820-20260114-022310-medical-checkup.png

އާސަންދަ ސްކީމްގެ ދަށުން އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް ފެށުން

2024
../../api/files/20260603-095942-20260325-054850-20260114-023945-my-aasandha-portal.png

‏'މައި އާސަންދަ' ޕޯޓަލް ތަޢާރަފްކުރުން

2023
../../api/files/20260603-095951-20260325-054918-20260118-030105-vira-center.png

'ވިރަ' ޚިދުމަތް ތަޢާރަފްކުރުން

2022
../../api/files/20260603-095958-20260325-054956-20260118-031833-sms-notification.png

އެސްއެމްއެސް ނޮޓިފިކޭޝަން ސަރވިސް ތަޢާރަފްކުރުން

2021
../../api/files/20260603-100003-20260325-055102-20260118-031852-mobile-application.png

'އާސަންދަ' މޮބައިލް އެޕް ތަޢާރަފްކުރުން

2020
../../api/files/20260603-100010-20260325-055230-20260118-031940-meranaa-scheme.png

'މެރަނާ' ސްކީމް ތަޢާރަފްކުރުން

2019
../../api/files/20260603-100015-20260325-055325-20260118-031955-hulhumale-hospital.png

ހުޅުމާލެ ހޮސްޕިޓަލު ހިންގުން އާސަންދަ ކުންފުންޏާ ހަވާލުކުރުން

2016
../../api/files/20260603-100025-20260326-085439-SOE2.png

ކުންފުނީގެ ހިންގުމަށް ބަދަލުގެނައުން

2015
../../api/files/20260603-100031-20260326-085525-husnuvaa-aasandha.png

"ހުސްނުވާ އާސަންދަ" ސްކީމް ތަޢާރަފްކުރުން

2014
../../api/files/20260603-100059-20260326-085615-universal-health-insurance-scheme.png

ޔުނިވަރސަލް ހެލްތް އިންޝުއަރެންސް ސްކީމް ތަޢާރަފްކުރުން

2012
../../api/files/20260603-100106-20260326-085559-formation-of-the-company.png

ކުންފުނި އުފެއްދުން

2011