
މި ހިނގާ 2024 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހުން ފެށިގެން ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 903 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ ފާއިތުވީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %8.4 ގެ އިތުރުވުމެކެވެ. ފާއިތުވީ އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 833 މިލިއަން ރުފިޔާއެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ ފާއިތުވީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައެވެ. އެގޮތުން ފާއިތުވީ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 278،255 ގައި ހުރިއިރު، މި އަހަރު މި ޢަދަދުވަނީ 280،491 އަށް އިތުރުވެފައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،226 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ޖުމުލަ 2،370 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.