ތަފާސްހިސާބު

އާސަންދަ ސްކީމްގެ ތަފާސްހިސާބު – 2024: ކުއާޓަރ 4

އާސަންދަ ސްކީމްގެ ތަފާސްހިސާބު – 2024: ކުއާޓަރ 4

ފާއިތުވެދިޔަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އާސަންދަ ސްކީމްގެ ދަށުން ބްލޮކްކުރެވިފައިވާ ޖުމުލަ ޚަރަދަކީ 817 މިލިއަން ދިވެހި ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %4.3 ގެ ދަށްވުމެކެވެ. 2023 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ބްލޮކްކުރެވުނު ޖުމުލަ ޚަރަދަކީ 854 މިލިއަން ރުފިޔާއެވެ. 

ފާއިތުވެދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ ޢަދަދުވެސް ވަނީ 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފައެވެ. އެގޮތުން، 2023 ވަނަ އަހަރު ޚިދުމަތް ހޯދި މީހުންގެ ޖުމުލަ ޢަދަދު 279،851 ގައި ހުރިއިރު، ފާއިތުވީ އަހަރު މި ޢަދަދުވަނީ 278،330 އަށް ދަށްވެފައެވެ.

2024 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އާސަންދަ ސްކީމްގެ ދަށުން 1،393 ފަހަރަށް ބަލިމީހުން އިމަޖަންސީ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ގެންދެވިފައިވެއެވެ. އަދި ޖުމުލަ 2،327 ބަލިމީހުން ވަނީ، ސްކީމްގެ ދަށުން، ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައެވެ.

ޝާއިއު ކުރެވުނީ: 31-12-2024
މި ޕޭޖު ޝެއަރ ކޮށްލައްވާ