
އަޅުގަނޑުމެންގެ 'މައި އާސަންދަ' ޕޯޓަލް މިއަދު ލޯންޗްކޮށްފިއެވެ.
މިއާއެކު، ހެލްތްކެއާ ފައިނޭންސިންގ އަށް ސަރުކާރުގެ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން އަޅުގަނޑުމެންގެ ފްރަންޓް އޮފީހަށް ނުވަތަ ވިރަ ކައުންޓަރުތަކަށް ރައްޔިތުން އަންނަން ނުޖެހި، މި ޕޯޓަލް (https://my.aasandha.mv) މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. އަދި އެޕްލިކޭޝަން ސްޓޭޓަސް ވެސް ކޮންމެ ވަގުތެއްގައި ވެސް ޗެކް ކުރެވޭނެއެވެ.
ޕޯޓަލަށް ލޮގިން ކުރެއްވޭނީ އީ-ފާސް މެދުވެރިކޮށެވެ.
މިއީ އާ ޕޯޓަލަކަށް ވާތީ، ޕޯޓަލް ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ ނުވަތަ އެހީތެރިކަން ބޭނުންވާނަމަ [email protected] އަށް (ސްކްރީންޝޮޓާއި ކޮންޓެކްޓް ނަންބަރާއެކު) މެއިލް ކުރުމަށް އެދެމެވެ.