އާސަންދަ ސްކީމްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދެމުންދާ ތިރީގައިވާ މަރުކަޒުތަކުން އާސަންދަ ސްކީމްގައި ރަޖިސްޓަރ ކުރެވިފައިވާ އޮފްތަލްމޮލޮޖިސްޓުން ދޫކުރާ ލޮލުގެ ރިފްރެކްޝަން ޕްރިސްކްރިޕްޝަން (ޕްރިސްކްރިޕްޝަން ގްލާސެސް) ތަކަށް އާސަންދަ ސްކީމްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވިފައިވާ އައިނު ފިހާރަތަކުން އޮންނަ އުސޫލުގެ ތެރެއިން 15 ޖަނަވަރީ 2026 އިން ފެށިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. އަދި މިމަރުކަޒުތަކުން ރަޖިސްޓަރވެފައިވާ އޮޕްޓޮމެޓްރިސްޓުން ދޫކުރާ ޕްރިސްކްރިޕްޝަންތަކަށް ވެސް އައިނު ހެއްދުމުގެ ޚިދުމަތް ލިބިގެންދާނެއެވެ.
