ފަހުގެ އަޕްޑޭޓްސް

އައްޑޫ ސިޓީގައި އާސަންދަ އަދި އެންސްޕާގެ އޮފީހެއް ހުޅުވައިފި؛ ޚިދުމަތްތައް މިއަދުން ފެށިގެން ލިބޭނެ

ދިވެހި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އިޖުތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީގައި އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ދޭނެ އޮފީހެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި އޮފީސް މެދުވެރިކޮށް މިއަދުން ފެށިގެން އާސަންދަ އަދި އެންސްޕާގެ ޚިދުމަތްތައް ރައްޔިތުންނަށް ލިބިދެވެން ފަށާނެއެވެ.

 

މި އޮފީސް ހުޅުވުމުގެ މައިގަނޑު މަޤްޞަދަކީ ކުންފުނީގެ ޚިދުމަތްތައް  ރައްޔިތުންނާ ވީހާވެސްގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ. މި ހުޅުވުނު އޮފީސް މެދުވެރިކޮށް ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ރައްޔިތުންނަށް ޚިދުމަތްތައް ލިބިގެންދާއިރު، މީގެ ސަބަބުން ޚިދުމަތް ހޯދުމަށް  އިތުރު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

 

މި ކުންފުނީގެ އަމާޒަކީ، މި ހިނގާ އަހަރު ނިމުމުގެ ކުރިން އާސަންދައިން ދެމުންގެންދާ ހުރިހާ ޚިދުމަތްތަކެއް މި ހުޅުވުނު އޮފީސް މެދުވެރިކޮށް ސަރަޙައްދުގެ ރައްޔިރުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމެވެ. މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ.

ޝާއިއު ކުރެވުނީ: 04-04-2026
މި ޕޭޖު ޝެއަރ ކޮށްލައްވާ