ސުވާލާއި ޖަވާބު
އާންމު ސުވާލާއި ޖަވާބު (އެފް.އޭ.ކިޔު)
މައުޟޫ
އާސަންދަ ރާއްޖެއިން ބޭރުގައި
-
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް މި ސްކީމްގެ ދަށުން ފަރުވާ ލިބޭނީ ކޮން ހާލަތްތަކެއްގައި ހެއްޔެވެ؟
- އެ ފަރުވާއަކީ ރާއްޖެއިން ލިބެން ނެތް ފަރުވާއަކަށް ވުން.
- ކުއްލި ނުރައްކަލުގެ ހާލަތްތަކުގައާއި، ބޮޑެތި އަނިޔާތަކާއި ނުވަތަ އެކްސިޑެންޓްތަކާ ގުޅިގެން، ސްކީމްގެ ދަށުން ކަނޑައަޅާފައިވާ (އެމްޕެނަލްކޮށްފައިވާ) ހޮސްޕިޓަލަކުން ފަރުވާ ހޯދާ ހާލަތްތަކުގައި.
-
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް ނުވަތަ ބޭރުގެ ހޮސްޕިޓަލަކަށް ރިފަރކޮށްގެން ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތްތަކަކީ ކޮބައިތޯ؟
- ]ރާއްޖެއިން ބޭރުން ބޭސް ފަރުވާ ހޯދުމަށް ރެފަރަލް ހަމަޖައްސަނީ، އެ ބައްޔަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭކަމަށް ރާއްޖެއިން ފަރުވާ ދެއްވާ ޚާއްސަ ޑޮކްޓަރަކު ރެކޮމެންޑޭޝަން ފޯމް ފުރިހަމަކުރުމުންނެވެ.
- ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް، ބަލިމީހާ ނުވަތަ އޭނާގެ ބަލަދުވެރިފަރާތަކުން my.aasandha.mv މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބޭނުންވާ ލިޔެކިޔުންތަކާއެކު އެޕްލިކޭޝަން ހުށަހަޅުއްވާށެވެ.
ބޭނުންވާ ލިޔެކިޔުންތައް:
- ފަރުވާދޭ ޚާއްސަ ޑޮކްޓަރު ފުރިހަމަކޮށްފައިވާ ރެކޮމެންޑޭޝަން ފޯމް.
- ބަލިމީހާގެ އައިޑީ ކާޑުގެ ކޮޕީ (ޕޯޓަލް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ).
- މެޑިކަލް ރެކޯޑްތަކާއި ރިޕޯޓްތައް (އެންމެ ފަހުގެ ބޭސް ސިޓީތައް، ލޭގެ ޓެސްޓްތައް، ސްކޭން/އެމްއާރުއައި ލިބެން ހުރިނަމަ).
-
ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ބޭސްފަރުވާގެ އިންތިޒާމުތައް ހަމަޖެއްސުމަށް އަމަލުކުރަންޖެހޭ އުސޫލު ތިރީގައި އެވަނީއެވެ.
ބަލިމީހާ ފަރުވާ ހޯދުމަށް ދާންޖެހޭނީ އިންޑިއާ ނުވަތަ އީލަންކާގައި ހުންނަ، އާސަންދައިގެ ޚިދުމަތްދޭ (އެމްޕެނަލްޑް) ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލުން ފަރުވާދޭ ޑޮކްޓަރަށް ދެއްކުމަށްފަހު، ހޮސްޕިޓަލުގެ އިންޓަރނޭޝަނަލް ޕޭޝަންޓްސް ކައުންޓަރު (ނުވަތަ އިންޝުއަރެންސް ކައުންޓަރު) މެދުވެރިކޮށް ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ބަލިމީހާގެ ބަލި ދެނެގަނެފައިވާ ގޮތުގެ ރިޕޯޓު (Diagnosis)، ބަލިމީހާގެ މިހާރުގެ ހާލަތު އަދި މެޑިކަލް ހިސްޓްރީ.
- ދިނުމަށް ކަނޑައަޅާފައިވާ ފަރުވާގެ ތަފުސީލާއި (Treatment plan) ހަދަންޖެހޭ ޓެސްޓުތަކުގެ މައުލޫމާތު.
- ބަލިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފަރާތުގެ ސާފު ކޮޕީއެއް.
- ރާއްޖެއިން ބޭރުގައި ހުންނަވާއިރު ގުޅޭނެ ފޯނު ނަންބަރު.
- މިފަދަ ހާލަތްތަކުގައި (ރާއްޖެއިން ބޭރުގައި ހުރެގެން ޚިދުމަތަށް އެދޭއިރު) "ރެކޮމެންޑޭޝަން ފޯމު" ހުށަހަޅާކަށް ނުޖެހޭނެއެވެ.
-
އިތުރަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ ކޮބައިތޯ؟
އިތުރު ލިޔެކިޔުން (އެޑިޝަނަލް ޑޮކިއުމެންޓް)ގެ ގޮތުގައި މާނަކުރެވެނީ، އެންމެ ފަހުން ލިބިވަޑައިގެންފައިވާ ސިއްޙީ ލިޔެކިޔުންތަކެވެ. އެގޮތުން، ޑޮކްޓަރުންގެ ބޭސް ސިޓީތަކާއި، ލޭގެ ޓެސްޓް ރިޕޯޓްތަކުގެ އިތުރުން، ލިބިފައިވާ އެންމެހާ ސްކޭން ނުވަތަ އެމް.އާރު.އައި ރިޕޯޓްތައް ހިމެނެއެވެ.
-
އެޕްލިކޭޝަން ހުށަހެޅުމަށްފަހު ޖަވާބު ލިބެން ނަގާނީ ކިހާ ދުވަހެއް؟
އެޕްލިކޭޝަން ހުށަހަޅާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ލިބޭނެއެވެ.
-
އަހަރެންގެ އެޕްލިކޭޝަން ލިބިފައިވާކަން އަހަރެންނަށް އެނގޭނީ ކިހިނެއް؟
އާސަންދަގައި ކޭސް ރަޖިސްޓަރީކުރެވުމުން އެސްއެމްއެސް ނޮޓިފިކޭޝަނެއް ލިބޭނެއެވެ.
-
ހުށަހެޅިފައިވާ އެޕްލިކޭޝަނާ ބެހޭ ގޮތުން އަހަންނަށް އެންގޭނީ ކޮން އިރަކުންތޯ؟
- މައްސަލަ ކުރިއަށްދާ ގޮތުގެ މައުލޫމާތު ލިބޭނެ ގޮތަކީ، އެޕްލިކޭޝަންއަށް ގޮތެއް ނިމި، އެޕްރޫވް ނުވަތަ ރިޖެކްޓް ވުމުން، އެކަން ތިޔަ ފަރާތަށް އަންގާނެއެވެ.
- މީގެ އިތުރުން، ކޭސް ބަލާ އިރު، އިތުރު ލިޔެކިޔުންތަކަށް ބޭނުންވެއްޖެނަމަ، އެތަކެތި ހޯދުމަށްޓަކައި ގުޅާނެއެވެ.
-
އާސަންދައިގެ ދަށުން، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދުމަށް ދަތުރުކުރާ ފަރާތްތަކަށް ޓިކެޓުގެ ޚަރަދު ކަވަރުކުރާ ގޮތް ނުވަތަ އެކަމަށް އަމަލުކުރާ އުޞޫލަކީ ކޮބައިތޯ؟
އާސަންދައިގެ އެހީގައި ބޭރަށް ދިއުމަށް ހުށަހަޅާ ކޭސްއެއް ފާސްވުމުން، ދަތުރުފަތުރުގެ ޚަރަދުތައް ހަމަޖައްސައިދެނީ ތިރީގައިވާ އުސޫލުންނެވެ:
- ބަލިމީހާގެ ފްލައިޓް ޓިކެޓް.
- އެއް އެހީތެރިއެއްގެ ފްލައިޓް ޓިކެޓް.
- ބަލިމީހާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، މެޑިކަލް ގޮތުން ކޮންމެހެން ބޭނުންވާނަމަ އިތުރު އެހީތެރިއެއްގެ ޓިކެޓް.
- ވެންޓިލޭޓަރުގެ އެހީގައި ބަލިމީހާ ދަތުރުކުރާނަމަ، ދެ އެހީތެރިންގެ ޓިކެޓް.
-
އަހަރެންނަށް އެހީތެރިއަކާއިއެކު ނުވަތަ ސިއްހީ އެހީތެރިންނާއެކުގައި ދެވިދާނެތަ، އަދި މިކަމަށް ޝަރުތު ހަމަވާކަން ނިންމަނީ ކިހިނެއް؟
ސިއްހީ އެހީތެރިން ހަމަޖައްސަނީ ބަލިމީހާގެ ހާލަތާއި ދަތުރުގައި ބޭނުންވާ ފަރުވާގެ މިންވަރަށް ބަލައިގެންނެވެ. މިގޮތުން:
- އާންމު ކޭސްތައް: އަސާސީ މޮނިޓަރިންގ އަދި ސަޕޯޓް ބޭނުންވާ ހާލަތްތަކުގައި 1 މެޑިކަލް އެސްކޯޓް ހަމަޖައްސައިދެވޭނެއެވެ.
- ނާޒުކު ކޭސްތައް: (ވެންޓިލޭޓަރ ސަޕޯޓް ނުވަތަ ނާޒުކު ހާލަތް) ބަލިމީހާއަށް އެޑްވާންސްޑް ލައިފް ސަޕޯޓް ނުވަތަ މެދުނުކެނޑި އިންޓެންސިވް ކެއަރ ބޭނުންވާނަމަ 2 މެޑިކަލް އެސްކޯޓުން ހަމަޖެއްސިދާނެއެވެ.
އެސްކޯޓުންގެ އަދަދު ކަނޑައަޅަނީ ހާލަތުގެ ނުރައްކާތެރިކަމާއި ދަތުރުގައި ބޭނުންވާ ވަކި މެޑިކަލް ރިކުއަޔަމަންޓްތަކަށް ބަލައިގެންނެވެ.
-
ބަލިމީހާގެ އެހީތެރިއެއްގެ ގޮތުގައި 18 އަހަރުން ދަށުގެ ކުއްޖަކު ދިއުމަށް ޓިކެޓެއް ލިބޭނެތަ؟
ނޫން. އެހީތެރިއެއްގެ ގޮތުގައި ޓިކެޓް ދެވޭނީ 18 އަހަރުން މަތީގެ މީހަކަށެވެ.
-
ފަރުވާ ހޯދުމަށް ބޭރަށް ދަތުރުކުރުމަށް ވިސާ ހޯދާނީ ކިހިނެއް؟
ވިސާއާ ގުޅޭ ކަންކަމުގެ މަޢުލޫމާތު ހޯދުމަށް، ފަރުވާ ހޯދަންދިއުމަށް ހަމަޖެހިފައިވާ ޤައުމުގެ އެމްބަސީއާ ގުޅުއްވާށެވެ.
ވިސާ އެޕްލިކޭޝަންގެ ބޭނުމަށް އާސަންދަ އިން ސިޓީއެއް ބޭނުންވާނަމަ އެކަމަށް އެދިލެއްވުމުން، ސިޓީ ލިބިވަޑައިގަންނަވާނެއެވެ. -
ބޭސްފަރުވާއަށް ބޭރަށް ދިއުމަށް އާސަންދައިން އެޕްރޫވްކޮށްފައިވާ ހޮސްޕިޓަލް ނޫން އެހެން ހޮސްޕިޓަލަކަށް ބަދަލުވުމަށް އެދޭނީ ކިހިނެއް؟
ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް އެދި ހުށަހަޅުއްވާނީ، އެކަމުގެ ސަބަބު ބަޔާންކޮށް [email protected] އަށް ފޮނުވާ އީމެއިލެއް މެދުވެރިކޮށެވެ. މީގެ އިތުރުން، ބަދަލުކުރަން އެދޭ ހޮސްޕިޓަލުން ބޭނުންވާ ފަރުވާ ލިބެން ހުރިކަން ކަށަވަރުކުރުމަކީ ބަލިމީހާގެ ފަރާތުން ކުރަންޖެހޭނެ ކަމެކެވެ.
-
ބަލިމީހާ އެޑްމިޓްކުރާ ތާރީޚު (DOA) ދިނުމަށް ނުވަތަ ބަދަލުކުރުމަށް ކަންކުރާނީ ކިހިނެތް؟
DOA ދިނުން: ޕްރީ-ކައުންސިލިންގ އީމެއިލަށް "Read and Understood" ޖަވާބު ދެއްވުމަށްފަހު، ދަތުރުކުރައްވާ ފްލައިޓްއިން ސީޓް ހޯދުމަށް މޯލްޑިވިއަން ހޮލިޑޭސް (1671) އަށް ގުޅުއްވާށެވެ. އެއަށްފަހު އެ ތާރީޚު އާސަންދައަށް އެންގުމަށް 1400 އަށް ގުޅުއްވާށެވެ.
DOA ބަދަލުކުރުން: މޯލްޑިވިއަން ހޮލިޑޭސް (1671) އަށް ގުޅުއްވައި ބަދަލުކުރަން ބޭނުންވާ ތާރީޚަށް ސީޓު ހޯދުމަށްފަހު، އެކަން އާސަންދައަށް އެންގުމަށް 1400 އަށް ގުޅުއްވާށެވެ.
ޓިކެޓް ދޫކުރުމަށްފަހު، އެއަށް ގެންނަ އެއްވެސް ބަދަލަކާ ގުޅިގެން ހިނގާ ޚަރަދުތައް އާސަންދައިން ހަމަޖައްސައެއް ނުދޭނެއެވެ. -
ކޭސް އެޕްރޫވްވުމަށްފަހު، އެޕްރޫވްވިކަންއަންގައިދޭ ސިޓީއެއް ހޯދުމަށް އެދޭނީ ކިހިނެއްތޯ؟
އެޕްރޫވަލް ސިޓީއަށް އެދުމަށް 1400 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އެދިލައްވާށެވެ. އާސަންދައިން ކަމާބެހޭ ސެކްޝަނަށް އެންގުމަށްފަހު ސިޓީ ފޯރުކޮށްދޭނެއެވެ.
-
ކޮންސެންޓް ލެޓަރއަކީ ކޮބާ އަދި އެއަށް ބޭނުންވަނީ ކޮންއިރަކު؟
ކޮންސެންޓް ލެޓަރއަކީ ބަލިމީހާ ނުވަތަ ބަލިމީހާގެ ބެލެނިވެރިޔާ ސޮއިކުރާ ލިޔުމެކެވެ. މިއީ ފަރުވާގެ ޕްލޭނަށް އެއްބަސްވެ، އެކަން ދެނެގަނެފައިވާކަން ކަށަވަރުކުރާ ލިޔުމެކެވެ. މި ލިޔުން ބޭނުންވަނީ، އެކަމަށް އާސަންދައިން އެޕްރޫވްކުރި ހޮސްޕިޓަލް ނޫން އެހެން ހޮސްޕިޓަލަކުން ފަރުވާ ހޯދަން ބޭނުންވާނަމައެވެ.
އާންމު ގޮތެއްގައި މި ފޯމު ބޭނުންވަނީ، ބަލިމީހާއަށް ފަރުވާ ދިނުމަށް ކުރިން ކަނޑައަޅާފައިވާ ހޮސްޕިޓަލް ނޫން އެހެން ތަނަކުން ފަރުވާ ހޯދަން ބަލިމީހާ އެދޭ ހާލަތްތަކުގައެވެ.
-
މެޑިފް (Medical Information Form) އަކީ ކޮބައި ހެއްޔެވެ؟ އަދި މި ފޯމު ފުރަން ޖެހެނީ ކޮން އިރަކު ހެއްޔެވެ؟
މެޑިފް އަކީ ބަލިމީހާއަށް ބޭނުންވާ ޚާއްޞަ އެހީތެރިކަމުގެ ތަފުސީލުތައް (މިސާލަކަށް: ފުރޮޅުލީ ގޮނޑި، އޮކްސިޖަން، ސްޓްރެޗަރ، ނުވަތަ ވެންޓިލޭޓަރުގެ އެހީ) ހިމަނައިގެން ތައްޔާރުކުރާ ފޯމެކެވެ. މި ފޯމު ފުރަންވާނީ ރަޖިސްޓްރީވެފައިވާ މެޑިކަލް ޑޮކްޓަރެކެވެ. ވައިގެ މަގުން ދަތުރުކުރުމަށް އެއާލައިނުން ދޭންޖެހޭ ހުއްދަ (Medical Clearance) ހޯދުމަށް މި ފޯމު ކޮންމެހެން ބޭނުންވާނެއެވެ
-
ޚާއްޞާ ނުވަތަ ނާޒުކު ޙާލަތްތަކުގައިވާ ބަލިމީހުން ފުރުމަށް ބޭނުންވާ މެޑިކަލް އެސިސްޓެންސް ނުވަތަ މެޑިފް (MEDIF) ފޯމް ހުށަހަޅާނީ ކިހިނެތްތޯ؟
- ވައިގެ މަގުން ދަތުރުކުރުމުގައި ޚާއްޞަ އެހީއަކަށް ބޭނުންވާ ބަލިމީހުން އެ ދަތުރުކުރުމުގެ ކުރިން މޯލްޑިވިއަން ހޮލިޑޭސްގެ ފްލައިޓުން ދަތުރުކުރުމަށްޓަކައި MEDIF ފޯމް ފުރިހަމަކުރަންވާނެއެވެ. މި ފޯމު ފުރިހަމަކޮށް ސޮއިކުރަންވާނީ ލައިސަންސް ލިބިފައިވާ ޑޮކްޓަރެކެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަނުގެ ތައްގަނޑު ފޯމުގައި ޖަހާފައި ހުންނަންވާނެއެވެ.
- މި ފޯމުގެ ސާފު ކުލަ ސްކޭނެއް އީމެއިލް މެދުވެރިކޮށް ނުވަތަ އާސަންދަ ކައުންޓަރަށް ހާޒިރުވެ ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި ބަލިމީހާގެ ހާލަތު ތަފްޞީލުކޮށް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެއެވެ.
- MEDIF ފޯމުގައި، ބަލިމީހާ ވައިގެ މަގުން ދަތުރުކުރުން އެކަށީގެންވާކަމަށް އަންގައިދިނުމުގެގޮތުން، "Fit to fly" ކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކަންކަން (ވީލްޗެއަރ، އޮކްސިޖަން ބޭނުންވާ މިންވަރު އަދި މެދުނުކެނޑި ބޭނުންވާނަމަ އެކަން ބަޔާންކުރުން، ސްޓްރެޗަރ، ވެންޓިލޭޓަރ ފަދަ ކަންކަން) ސާފުކޮށް ބަޔާންކުރަންވާނެއެވެ.
-
MEDIF ފޯމުގެ ސްޓޭޓަސް ބެލުމަށް ހަދާނީ ކިހިނެތްތޯ؟
އާސަންދަ ކޯލް ސެންޓަރުގެ ނަންބަރު 1400 އަށް ގުޅުއްވައިގެން މިކަމާ ގުޅޭ މަޢުލޫމާތު ކުރިއަށް ގެންދެވޭނެއެވެ.
އާސަންދައިގެ ފަރާތުން ތިޔަ ބޭފުޅާގެ މެޑިފް (MEDIF) ފޯމު މޯލްޑިވިއަން ހޮލިޑޭސްއާ ހިއްސާކުރާނެއެވެ. މޯލްޑިވިއަން ހޮލިޑޭސްގެ ފަރާތުން އެއްވެސް މަޢުލޫމާތެއް ލިބުމުން، ފޯނުގެ ޒަރީޢާއިން ނުވަތަ އީމެއިލް މެދުވެރިކޮށް ތިޔަ ބޭފުޅާއަށް އެކަން އަންގާނެއެވެ. -
އެއްރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދިއުމަށް، އެމްބިއުލާންސް ހަމަޖެއްސުމަށް ކަންކުރާނީ ކިހިނެތް؟
މިފަދަ ޙާލަތްތަކުގައި، އެމްބިއުލާންސްގެ ޚަރަދު އާސަންދައިންދެނީ އަދި އިންތިޒާމުކޮށްދެނީ ހަމައެކަނި ސްޓްރެޗަރގައި ދަތުރުކުރާ، ނުވަތަ އޮކްސިޖަން ދޭންޖެހޭ ނުވަތަ ވެންޓިލޭޓަރު ބޭނުންވާ ބަލިމީހުންނަށް އެކަންޏެވެ. އެމްބިއުލާންސް އިންތިޒާމުކުރަންފަށާނީ، ރިފަރަލް ލިބޭ ހިސާބުންފެށިގެނެވެ. އަދި އެމްބިއެލާންސަށް ގުޅޭ ނަންބަރު، ދަތުރުކުރުމުގެ ކުރިން އެއަރލައިނަށާއި ބަލިމީހާގެ އެހީތެރިންނަށް ދޭނެއެވެ.
މި މިންގަނޑުތަކަށް ނުފެތޭ ޙާލަތްތަކުގައި އެމްބިއުލާންސް ޚިދުމަތް ބޭނުންވާނަމަ، އެކަން އިންތިޒާމުކޮށް ޚަރަދު ކުރަންވާނީ އަމިއްލައަށެވެ. -
ބަލިމީހާއަށް ސީޓު ކަށަވަރުކުރުމަށް ހަދާނީ ކިހިނެތްތޯ؟
ސީޓު ރިޒާވްކުރުމަށް ނުވަތަ ސީޓު ހުރިތޯ ބެލުމަށް މޯލްޑިވިއަން ހޮލިޑޭސް (1671) އަށް ގުޅުއްވާ. ސީޓު ކަށަވަރުވުމުން، 1400 އަށް ގުޅުއްވައި ދަތުރުކުރާ ތާރީޚު އަންގަވާށެވެ.
-
ރިފަރަލް ހުށަހެޅުމުން، އެޕްރޫވްކުރާ ޢަދަދުތަކަކީ ކޮބައިތޯ؟
- އައުޓްޕޭޝަންޓް (OP) ރިފަރަލްތަކަށް، ފަރުވާ ފެށުމަށްޓަކައި އާސަންދައިން ރިފަރަލް ލެޓަރާއެކު 150 އެމެރިކާ ޑޮލަރު އެޕްރޫވްކުރެވޭނެއެވެ.
- މި އަދަދު ބޭނުންކުރެވޭނީ ރިފަރަލް ޙަވާލުކުރާއިރު އެޕްރޫވްކުރި ފަރުވާއަށް އެކަންޏެވެ.
- ނޯޓް: ޑައިރެކްޓް އެޑްމިޓް އެމްބިއުލާންސް ކޭސްތަކަށް OP ގެ 150 އެމެރިކާ ޑޮލަރު ނުދެވޭނެއެވެ. ސަބަބަކީ މިފަދަ ބަލިމީހުން ފަރުވާއަށް ސީދާ އެޑްމިޓްކުރާތީއެވެ.
-
އެޕްރޫވްކުރި ޢަދަދު ހަމަވުމުން ހަދާނީ ކިހިނެއްތޯ؟
ފުރަތަމަ އެޕްރޫވްކުރި OP އަދަދު ހުސްވެއްޖެނަމަ، އިތުރުކުރުމަށް އެދި ހޮސްޕިޓަލްގެ އިންޝުއަރެންސް ކައުންޓަރަށް ގުޅުއްވާށެވެ.
ހުރިހާ މެޑިކަލް ލިޔެކިޔުންތަކާއެކު އާސަންދައަށް ޕްރީ-އޮތޮރައިޒޭޝަން ރިކުއެސްޓެއް ތައްޔާރުކޮށް ހޮސްޕިޓަލުން ހުށަހަޅާނެއެވެ.
އިތުރުކުރުމަށް ވަގުތު ނަގާނެއެވެ. ބަލިމީހުން ހޮސްޕިޓަލުން ދިއުމުގެ ކުރިން އެދުވަހު އިންޝުއަރެންސް ކައުންޓަރަށް ގުޅައި އިތުރުކުރުމަށް ބޭނުންވޭތޯ ނުވަތަ ހުށަހަޅާފައިވޭތޯ ކަށަވަރުކުރަންވާނެއެވެ.
އެދިލައްވާފައިވާ ކަންކަމާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް އެސް.އެމް.އެސް (SMS) މެދުވެރިކޮށް ފޮނުވައިދެވޭނެއެވެ. -
ބޭސްފަރުވާއަށް ބޭރަށް ދިއުމަށްފަހު، އެޑްމިޓްވާން ޖެހިއްޖެ ޙާލަތެއްގައި ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިތޯ؟
ފަރުވާދެއްވާ ޑޮކްޓަރު އެފަދައިން ލަފާދެއްވައިފިނަމަ، އަވަހަށް ހޮސްޕިޓަލްގެ އިންޝުއަރެންސް ކައުންޓަރަށް ރިޕޯޓްކުރާށެވެ.
ބޭނުންވާ ހުރިހާ މެޑިކަލް ލިޔެކިޔުންތަކާއެކު ހޮސްޕިޓަލުން، އާސަންދައަށް ޕްރީ-އޮތޮރައިޒޭޝަން އެދި ހުށަހަޅާނެއެވެ.
ކުއްލި ޙާލަތްތައް ފިޔަވައި، އެހެނިހެން ކަންކަމުގައި އާސަންދައިގެ ހުއްދައަށް މަޑުކުރައްވާށެވެ. ކުއްލި ޙާލަތްތަކުގައި އެޑްމިޓްކުރާނަމަ، ހޮސްޕިޓަލުން އާސަންދައަށް އެންގުމަށްފަހު، ލިޔެކިޔުންތައް ވީހާވެސް އަވަހަށް ހުށަހަޅާނެއެވެ.
ގުޅަންޖެހޭ މުހިންމު ނަންބަރުތައް (މީގެ ތެރޭގައި ހޮސްޕިޓަލުގެ އިންޝުއަރެންސް ކައުންޓަރާއި، ރާއްޖެއިން ބޭރުގައި ހުންނަ އާސަންދަގެ އެހީތެރިކަން ހޯދޭނެ ނަންބަރުތައް ހިމެނެއެވެ) ފަސޭހައިން އަތުޖެހޭނެހެން އަބަދުވެސް ތައްޔާރީ ހާލަތުގައި ބަހައްޓަވާށެވެ. އަދި ބޭނުންވާ ކަންކަމުގައި އިތުރަށް ގުޅައި، ކަންކަން ކުރިއަށްދާ ގޮތް ގާތުން ބަލަމުން ގެންދަވާށެވެ. -
ހޮސްޕިޓަލްގައި ފަރުވާނަގާ ދުވަސްވަރު، އާސަންދަ ކަވަރޭޖް އިންނަނީ ކިހިނެއްތޯ؟
ޕްރީ-އޮތޮރައިޒޭޝަން: ހުރިހާ ފަރުވާއަކަށް ވެސް ޕްރީ-އޮތޮރައިޒޭޝަން ބޭނުންވާނެއެވެ. މި މަރުޙަލާގައި އާސަންދައިން ހޮސްޕިޓަލާއި ބަލިމީހާގެ އެހީތެރިންނާ ގުޅިގެން މަސައްކަތްކޮށް، އިރުޝާދު ދޭނެއެވެ.
ފަރުވާއަށް ހިނގާ ޚަރަދު: ބަލިމީހާގެ ފަރާތުން އެހެން ގޮތަކަށް ސޮއިކޮށްފައިވާ ކޮންސެންޓެއް ނެތްނަމަ، ހުއްދަ ދީފައިވާ މެޑިކަލް ފަރުވާއަށް ހިނގާ ޚަރަދު އާސަންދައިން ފުރިހަމައަށް ކަވަރުކުރާނެއެވެ.
ރޫމް ކެޓަގަރީ: ސެމީ-ޕްރައިވެޓް އަދި ޕްރައިވެޓް ރޫމްގެ ޚަރަދު އާސަންދައިން ކަވަރުކުރާނެއެވެ. ބަލިމީހާގެ ފަރާތުން އެއަށްވުރެ މަތީ ކެޓަގަރީއެއްގެ ރޫމެއް ބޭނުންވާނަމަ، އެ އިތުރުވާ ފައިސާ ބަލިމީހާގެ ފަރާތުން ދައްކަން ޖެހޭނެއެވެ.
ކަވަރުނުކުރާ ތަކެތި: މެޑިކަލް ނޫން ތަކެއްޗާއި ޚިދުމަތްތައް ކަވަރުނުކުރާނެއެވެ. (މިސާލަކަށް: ޑައިޕަރ، އަންޑަރ-ޕެޑް، ހޭންޑް ސެނިޓައިޒަރ، އަމިއްލަ ކާނާ، ފަދަ ތަކެތި) -
ރާއްޖޭން ބޭރުގައި ހުންނަވާއިރު، ފަރުވާއަށް އެދި ހުށަހަޅާފައިވާ ރިކުއެސްޓްތަކުގެ ސްޓޭޓަސް (ކުރިއަށް ގޮސްފައިވާ މިންވަރު) ބައްލަވާނީ ކިހިނެއް؟
ފަރުވާއަށް އެދި ހުށަހަޅާ ހުށަހެޅުންތައް އާސަންދައިގެ މެޑިކަލް ޓީމަށް ފޮނުވުމުން، އެ ރިކުއެސްޓް ލިބުނުކަން އަންގައިދޭ އެސް.އެމް.އެސް (SMS) އެއް ބަލިމީހާ ރާއްޖޭން ބޭރުގައި ބޭނުންކުރާ ފޯނު ނަންބަރަށް ފޮނުވޭނެއެވެ. އަދި ރިކުއެސްޓާ ގުޅޭގޮތުން ނިންމާ ނިންމުންތަކާއި، އޭގެ ސްޓޭޓަސްއަށް އަންނަ ބަދަލުތައްވެސް އެ ނަންބަރަށް އަންގަމުންދާނެއެވެ.
-
ބަލިމީހާ ޑިސްޗާޖް ކުރުމުގައި އާސަންދައިގެ އުޞޫލަކީ ކޮބައިތޯ؟
- ފަރުވާދޭ ޑޮކްޓަރު، ބަލިމީހާ ޑިސްޗާޖްކުރަން ނިންމުމުން، ހޮސްޕިޓަލުން ޑިސްޗާޖް ސަމަރީއާއި ފައިނަލް ބިލް ތައްޔާރުކުރާނެއެވެ.
- ހޮސްޕިޓަލުން ޑިސްޗާޖް ސަމަރީއާއި ފައިނަލް ބިލް، ފައިނަލް ސެޓްލްމަންޓް އާސަންދައަށް ފޮނުވާނެއެވެ.
- ހުށަހަޅާފައިވާ ލިޔެކިޔުންތައް މުރާޖަޢާކޮށް، ފައިނަލް ބިލް ބަލައި އާސަންދައިން ޗެކްކުރާނެއެވެ. އެ ބިލްތަކާ ގުޅޭގޮތުން އިތުރުކަމެއް ސާފުކުރަންޖެހިއްޖެނަމަ އާސަންދައިން ހޮސްޕިޓަލާ ގުޅައިގެން އެކަމެއް ސާފުކުރާނެއެވެ.
- އާސަންދައިން ހުއްދަ ފޮނުވުމުގެ ކުރިން، ސުވާލުތަކަށް ޖަވާބު ހޯދައި، ފައިނަލް ހުއްދަ ދިނުމަށް ހޮސްޕިޓަލާއި އާސަންދައިގެ ފަރާތުން ވަގުތު ނަގާނެއެވެ.
- އާންމުގޮތެއްގައި، ބަލިމީހުން ހޮސްޕިޓަލުން ދޫކޮށްލުމުގެ މަރުހަލާ ފުރިހަމަކުރުމަށް 4 ގަޑިއިރާއި 6 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަވާނެއެވެ.
-
ކޭސް ހުށަހެޅިއިރު ދީފައިވާ އީމެއިލް އެޑްރެސް ބަދަލުކުރާނީ ކިހިނެއްތޯ؟
ޕޯޓަލްއިން އީމެއިލް އަޕްޑޭޓްކުރުމަށްޓަކައި 1400 އަށް ގުޅައި ނުވަތަ [email protected] އަށް ރަނގަޅު އީމެއިލް އެޑްރެސް ފޮނުވާށެވެ. އަޕްޑޭޓްވުމުން ކޮންފަރމޭޝަން ލިބޭނެއެވެ.
-
އިސް މުވައްޒަފަކާއި، ނުވަތަ މެޑިކަލް ޓީމާއި ބައްދަލުކުރުމަށް އެދޭނީ ކިހިނެއްތޯ؟
ބަލިމީހާގެ ފަރާތުގެ ތަފްސީލުތައް ދޭށެވެ؛ އާސަންދައިން އެކަމާ ގުޅުންހުރި ބަޔަށް އެންގުމުން، ބައްދަލުވުމެއް ހަމަޖެހުމުން ބަލިމީހާއަށް ގުޅައި އެކަން އެންގޭނެއެވެ.
-
ބަލިމީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވާނަމަ، އާސަންދަ ސްކީމްގެ ދަށުން އެހީތެރިކަން ލިބޭނެތޯ؟
ލިބޭނެ
-
ރާއްޖޭން ބޭރުގައި ހުންނަވާއިރު އައު އައިޑީ ކާޑެއް ހެއްދުމަށް ނުވަތަ ކާޑު އާކުރުމަށް އެދި ހުށަހަޅާނީ ކިހިނެއްތޯ؟
ރާއްޖޭން ބޭރުގައި އުޅުއްވާއިރު އައިޑީ ކާޑު ހެއްދުމުގެ ކަންކަން ކުރިއަށް ގެންދަވަން ޖެހޭނީ އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ނުވަތަ ހައި ކޮމިޝަން މެދުވެރިކޮށެވެ. އަދި ބަލިމީހަކު ހޮސްޕިޓަލުން ދޫކޮށްލުމުގެ ކުރިން، އައު އައިޑީ ކާޑުގެ މަޢުލޫމާތު ހޮސްޕިޓަލް މެދުވެރިކޮށް އާސަންދައަށް ހުށަހަޅަންވާނެއެވެ.
-
ބައެއް ފަހަރު އާސަންދަ އިންޑިއާ ނަންބަރަށް ނުގުޅެނީ ކީއްވެ؟
ނެޓްވޯކް/ސަރވިސްގެ މައްސަލަތަކެއް ދިމާވެގެން ވަގުތީ ގޮތުން ލައިންތައް ނުލިބި ހުރެދާނެއެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ، 1400 އަށް ގުޅުއްވައި ނުވަތަ [email protected].އަށް އީމެއިލް ކުރައްވާ.
ވަޓްސްއަޕް ޗެޓު މެދުވެރިކޮށް: 9201400 960+