ސުވާލާއި ޖަވާބު
އާންމު ސުވާލާއި ޖަވާބު (އެފް.އޭ.ކިޔު)
މައުޟޫ
ވެލްފެއަރ ސްކީމް
-
ވެލްފެއަރ އެހީއަށް އެދެނީ ކިހިނެއް؟
އައިޑީ ކާޑު، މެޑިކަލް ރިޕޯޓުތައް އަދި ފުރިހަމަކޮށްފައިވާ ވެލްފެއަރ ފޯމު މައިއާސަންދަ ޕޯޓަލް ނުވަތަ ވިރަ ކައުންޓަރުތަކަށް ހުށަހެޅުއްވޭނެއެވެ. އަދި [email protected] އަށް އީމެއިލްއިންވެސް އެޕްލިކޭޝަން ހުށަހެޅުއްވޭނެއެވެ.
-
ވެލްފެއަރ އެހީއަށް އެދި ހުށަހެޅޭނީ ކޮން ބަޔަކަށްތޯ؟
ވެލްފެއަރ އެހީއަށް ޝަރުޠު ހަމަވާ ފަރާތްތަކަކީ، ޢާއްމުކޮށް ބަލީގެ ޙާލަތާއި މާލީ ބޭނުންތެރިކަމުގެ މައްޗަށް ބިނާކޮށް، ސްކީމުން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ފަރާތްތަކެވެ.
-
ވެލްފެއަރ ސްކީމްގެ ދަށުން ލިބެން ހުންނަނީ ކޮން އެހީތެރިކަމެއްތޯ؟
އެހީތެރިކަން ތެރޭގައި ހިމެނެނީ:
- އާސަންދައިގެ އިތުރުން ދެވޭ އެހީ
- މެޑިކަލް ވެލްފެއަރ އެހީ
- ޕްރޮސްތެޓިކްސް ނުވަތަ މެޑިކަލް އިމްޕްލާންޓް
- މެޑިކަލް ޑިވައިސް ނުވަތަ މެޝިނަރީ
- ރާއްޖޭގައި ލިބެން ނުހުންނަ ބޭސް ހޯދުން
- މެޑިކަލް އިމަޖެންސީ (އާސަންދަ ސްކީމްގައި ނުހިމެނޭ ފަރުވާތަކަށް)
- އެހެނިހެން
-
އެންމެ ފަހުގެ ވެލްފެއަރ ނުވަތަ މެޑިކަލް ޑިވައިސް ފޯމްތައް ލިބޭނީ ކޮންތާކުން؟
އާސަންދައިގެ ވެބްސައިޓް، އެންސްޕާގެ ވެބްސައިޓް، އަދި ވިރަ ކައުންޓަރުތަކުން ފޯމް ލިބެން ހުންނާނެއެވެ.
-
މެޑިކަލް ވެލްފެއަރ ކޭސްއެއް ހުށަހަޅާއިރު ބޭނުންވާ ލިޔުންތަކަކީ ކޮބާ؟
އާންމުގޮތެއްގައި ބޭނުންވާ ލިޔުންތައް ތިރީގައި މިވަނީއެވެ:
- މެޑިކަލް ވެލްފެއަރ ފޯމު
- އެންމެ ފަހުގެ މެޑިކަލް ލިޔުންތައް (ބޭސްސިޓީ، ސްކޭން ރިޕޯޓް، ލެބް ރިޕޯޓް ފަދަ)
- ބަލިމީހާގެ އައިޑީ ކާޑު (ދެ ފުށް)
- ހުށަހަޅާ ފަރާތުގެ އައިޑީ ކާޑު (އެހެން މީހަކު ބަލިމީހާގެ ފަރާތުން ހުށަހަޅުއްވާނަމަ)
- ކުރިން ވެލްފެއަރގެ ގޮތުގައި ލިބިފައިވާ ފައިސާގެ ޚަރަދުގެ ތަފްޞީލު
ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށާއި އެސިސްޓިވް ޑިވައިސް ހޯދުން ފަދަ ކަންކަމަށް އެދޭނަމަ ބޭނުންވާ ލިޔުންތައް ތަފާތުވެދާނެއެވެ.
-
އަހަރެންގެ ކޭސް ކުރިއަށް ގޮސްފައިވާ ހިސާބެއް ބަލާނީ ކިހިނެއް؟
1400 އަށް ގުޅުއްވުމަށްފަހު، ބަލިމީހާގެ އައިޑީ ކާޑު ނަންބަރާއި ފުރިހަމަ ނަން ދެއްވާށެވެ. ނުވަތަ [email protected] އަށް ކޭސްގެ ތަފްޞީލު އީމެއިލް ކުރައްވާށެވެ. ކޭސްއާއި ގުޅޭ މަޢުލޫމާތު އަޅުގަނޑުމެންގެ މުވައްޒަފަކު ދޭނެއެވެ.
-
ކޭސްއަށް ހުއްދަ ލިބުމަށްފަހު ހޮސްޕިޓަލް ބަދަލުކުރެވިދާނެތަ؟
އާއެކެވެ. ބަދަލުކުރައްވަން އެދިލައްވާ ހޮސްޕިޓަލުގައި، ބޭނުންވާ ފަރުވާ ލިބެންހުރިކަން ޔަޤީންކުރެއްވުމަށްފަހު، ހޮސްޕިޓަލް ބަދަލުކުރަން ބޭނުންވާ ސަބަބު ބަޔާންކޮށް [email protected] އަށް އީމެއިލް ކުރައްވާށެވެ.
-
އިޢުތިރާޟެއް ނެތްކަމުގެ ސިޓީއަކީ ކޮބާ؟ އަދި އެ ބޭނުންވަނީ ކޮން ޙާލަތެއްގައި؟
އިޢުތިރާޒެއް ނެތްކަމުގެ ލިޔުމަކީ (ކޮންސެންޓް ލެޓަރ)، ފަރުވާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮތް ބަލިމީހާއަށް ނުވަތަ ބަލިމީހާގެ ބަލަދުވެރިޔާއަށް ފުރިހަމައަށް ސާފުވެ، އެކަމަށް އެއްބަސްވާކަން ކަށަވަރުކުރުމުގެ ގޮތުން ސޮއިކުރާ ރަސްމީ ލިޔުމެކެވެ.
އާންމު ގޮތެއްގައި މިފަދަ ލިޔުމެއް ބޭނުންވަނީ، އެ މައްސަލައަކާ ގުޅިގެން ފަރުވާ ހޯދުމަށް ކުރިން ހުއްދަދެވިފައިވާ ނުވަތަ ކަނޑައެޅިފައިވާ ހޮސްޕިޓަލް ނޫން އެހެން ތަނަކުން ފަރުވާ ހޯދުމަށް ބަލިމީހާ އެދޭ ހާލަތްތަކުގައެވެ. -
ކުރިން ހުއްދަނުދީ ނުދީފައިވާ (ރިޖެކްޓްކުރެވިފައިވާ) ކޭސްއެއް އަލުން ބަލައިދިނުމަށް ހުށަހެޅިދާނެތަ؟
އާއެކެވެ. އިތުރު ލިޔެކިޔުންތަކާއެކު ނުވަތަ އަޕްޑޭޓްކުރެވިފައިވާ ލިޔުންތަކާއެކު، އަދި ޑޮކްޓަރުގެ އައު ރެކޮމެންޑޭޝަނަކާއެކު އަލުން ހުށަހެޅިދާނެއެވެ.
-
ކޭސްއެއް އަލުން ބަލައިދިނުމަށް ނުވަތަ އިތުރު އެހީއެއް ބޭނުންވާނަމަ ހަދާނީ ކިހިނެއް؟
ކޭސްއެއް އަލުން ބެލުމަށް އެދި ނުވަތަ އިތުރު އެހީ ބޭނުންވެލައްވާނަމަ ތަފްޞީލު ބަޔާންކޮށް [email protected] އަށް އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ހުށަހަޅުއްވާށެވެ.
-
ކޭސްއެއް ބަލައި ހުއްދަ ދިނުމަށް ކިހާ މުއްދަތެއް ނަގާނެ؟
ޢާއްމު ގޮތެއްގައި ވެލްފެއަރ ކޭސްއަށް ނަގާނެ ވަގުތު ބިނާވާނީ ކިއުއަށެވެ. ވެލްފެއަރ ކޭސްތަކުގައި ކިޔޫގައި ހުރި މައްސަލަތަކުގެ ޢަދަދަށް ބަލައި އިތުރު ވަގުތު ނެގުމަކީ އެކަށީގެންވާ ކަމެކެވެ.
-
ކޭސްއަކަށް ހުއްދަ ލިބުމުން ނުވަތަ އިތުރު ލިޔުމެއް ބޭނުންވާނަމަ އާސަންދައިން އަންގާނީ ކިހިނެއް؟
ކޭސްތަކުގައި މެދު ވަކި ގޮތެއް ނިންމުމުން، ހުށަހެޅުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް 1400 އިން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެއެވެ. އަދި އިތުރު ލިޔެކިޔުމެއް ބޭނުންވާ ނަމަ، އެކަން ވެސް ވަކިން އަންގާނެއެވެ.
-
އަހަރެންގެ ކޭސްއާ ގުޅޭގޮތުން އާސަންދައާ ބައްދަލުކުރަން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެއް؟
ބަލިމީހާގެ ފުރިހަމަ މަޢުލޫމާތާއި ބައްދަލުކުރަން ބޭނުންވާ ސަބަބު ބަޔާންކުރެއްވުމަށްފަހު، 1400 އަށް ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރައްވާށެވެ. އެއަށްފަހު، ކަމާބެހޭ ދާއިރާއިން ބައްދަލުވުން ތާވަލުކުރުމަށްފަހު، އެޕޮއިންޓްމަންޓްގެ ތަފްސީލުތައް ހިއްސާކުރުމަށް ތިޔަ ފަރާތަށް ގުޅާނެއެވެ.
-
ޑޭޓް އޮފް އެޑްމިޝަން (ޑީ.އޯ.އޭ) އަކީ ކޮބާ، އަދި އެ ބޭނުންވަނީ ކޮން ވަގުތެއްގައި؟
ޑީ.އޯ.އޭ (DOA) އަކީ ފަރުވާ ހޯދުމަށްޓަކައި ބަލިމީހާ ހޮސްޕިޓަލަށް ދިއުމަށް ކަނޑައަޅާފައިވާ ނުވަތަ ރޭވިފައިވާ ތާރީޚެވެ. މި ތާރީޚު ބޭނުންވާނީ މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް ދަތުރުގެ ޖާގަ އޮތްކަން ކަށަވަރުކުރުމަށްފަހުގައެވެ.
-
ޑީ.އޯ.އޭ ދިނުމަށްފަހު ވާނީ ކިހިނެއް؟
މޯލްޑިވިއަން ހޮލިޑޭސް މެދުވެރިކޮށް ސީޓު ލިބޭނެކަން ކަށަވަރުވުމުން، ބަލިމީހާގެ ފަރާތުން އެކަން 1400 އަށް ގުޅުއްވައި ހިއްސާކުރައްވަންވާނެއެވެ. އެއަށްފަހު، ޓިކެޓް ދޫކުރުމަށްޓަކައި ބޭނުންވާ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކުރުމަށްފަހު، މޯލްޑިވިއަން ހޮލިޑޭސްއަށް އަޅުގަނޑުމެން ފޮނުވާނަމެވެ.
-
އަހަރެންގެ ދަތުރުގެ ޓިކެޓް ދޫކުރެވިފައިވާކަން ކަށަވަރު ކުރާނީ ކިހިނެއް؟
މޯލްޑިވިއަން ހޮލިޑޭސްއިން ޓިކެޓް ފޮނުވާނީ ސީދާ ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށެވެ.
-
ބަލިމީހާގެ ފަރާތުން މެދުވެރިވާ ކަމެއްގައި ދަތުރުކުރުމަށް ހަމަޖެހިފައިވާ ޓިކެޓްގެ ތާރީޚް ފާއިތުވެއްޖެނަމަ ހަދާނީ ކިހިނެއް؟
ޓިކެޓް ނެންގެވުމަށްފަހު ދަތުރުކުރާ ތާރީޚު ބަދަލުވެއްޖެނަމަ ބަލިމީހާގެ ފަރާތުން އެއަރލައިނަށް ގުޅުއްވައި ބޭނުންވެލައްވާ ތާރީޚަށް ބަދަލުކުރައްވަންވާނެއެވެ. އެކަމަށް އިތުރު ޚަރަދެއް ހިނގާނަމަ އެ ޚަރަދު ކުރައްވާނީ ބަލިމީހާގެ ފަރާތުންނެވެ.
-
ޓިކެޓް ދޫކޮށްފައިވަނިކޮށް، ދަތުރު ކެންސަލްވެއްޖެނަމަ ނުވަތަ ތާރީޚު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟
ޓިކެޓް ދޫކޮށް ނިމުމަށްފަހު، ދަތުރުގެ ތާރީޚަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، ސީދާ އެއަރލައިނާ ގުޅައިގެން އެ ބަދަލުތައް ގެނައުމަކީ ބަލިމީހާގެ ފަރާތުން (ޕޭޝަންޓް ޕާޓީން) އުފުލަންޖެހޭނެ ޒިންމާއެކެވެ.
-
އެމްބަސީތަކުން ވިސާ ނެގުމަށް ކިހާ މުއްދަތެއް ނަގާނެ؟
ވިސާއާ ގުޅުންހުރި މަޢުލޫމާތު ހޯއްދެވުމަށް ސީދާ އެމްބަސީއާ ގުޅުއްވާށެވެ.
-
ވިސާއަށް އެޕްލައިކުރުމަށް އާސަންދައިން ލިޔުމެއް ބޭނުންވެއްޖެނަމަ އެ ލިޔުން ފޯރުކޮށްދެވިދާނެތަ؟
އާނއެކެވެ. ވިސާއަށް އެޕްލައިކުރެއްވުމަށް ކޭސް އެޕްރޫވަލް ސިޓީއެއް ބޭނުންވެލައްވާނަމަ އެކަމަށް އެދި ހުށަހެޅުއްވުމުން އެ ސިޓީ އިޝޫކުރާނެއެވެ.
-
މެޑިފް (މެޑިކަލް އިންފޮމޭޝަން ފޯމް) އަކީ ކޮބާ، އަދި އެ ފުރަން ޖެހެނީ ކޮން ވަގުތެއްގައި؟
މެޑިފް (MEDIF) ފޯމަކީ ފުރޮޅުލީ ގޮނޑި، އޮކްސިޖަން، ސްޓްރެޗަރު، ނުވަތަ ވެންޓިލޭޓަރު ފަދަ ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކުގެ ތަފްސީލީ މަޢުލޫމާތު ހިމެނޭ ފޯމެކެވެ.
މި ފޯމު ފުރިހަމަކުރަންވާނީ ސިއްޙީ ދާއިރާގެ ހުއްދަ އޮތް މެޑިކަލް ޑޮކްޓަރެކެވެ. އަދި މިއީ އެއާލައިން މެދުވެރިކޮށް ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ބޭނުންވާ ލިޔުމެކެވެ. -
ޚާއްޞާ ނުވަތަ ނާޒުކު ޙާލަތްތަކުގައިވާ ބަލިމީހުން ފުރުމަށް ބޭނުންވާ މެޑިކަލް އެސިސްޓެންސް ނުވަތަ މެޑިފް (MEDIF) ފޯމް ހުށަހަޅާނީ ކިހިނެތްތޯ؟
- ވައިގެ މަގުން ދަތުރުކުރުމުގައި ޚާއްޞަ އެހީއަކަށް ބޭނުންވާ ބަލިމީހުން އެ ދަތުރުކުރުމުގެ ކުރިން މޯލްޑިވިއަން ހޮލިޑޭސްގެ ފްލައިޓުން ދަތުރުކުރުމަށްޓަކައި MEDIF ފޯމް ފުރިހަމަކުރަންވާނެއެވެ. މި ފޯމު ފުރިހަމަކޮށް ސޮއިކުރަންވާނީ ލައިސަންސް ލިބިފައިވާ ޑޮކްޓަރެކެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ތަނުގެ ތައްގަނޑު ފޯމުގައި ޖަހާފައި ހުންނަންވާނެއެވެ.
- މި ފޯމުގެ ސާފު ކުލަ ސްކޭނެއް އީމެއިލް މެދުވެރިކޮށް ނުވަތަ އާސަންދަ ކައުންޓަރަށް ހާޒިރުވެ ހުށަހަޅަންވާނެއެވެ. މީގެ ތެރޭގައި ބަލިމީހާގެ ހާލަތު ތަފްޞީލުކޮށް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެއެވެ.
- MEDIF ފޯމުގައި، ބަލިމީހާ ވައިގެ މަގުން ދަތުރުކުރުން އެކަށީގެންވާކަމަށް އަންގައިދިނުމުގެގޮތުން، "Fit to fly" ކަމަށް ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކަންކަން (ވީލްޗެއަރ، އޮކްސިޖަން ބޭނުންވާ މިންވަރު އަދި މެދުނުކެނޑި ބޭނުންވާނަމަ އެކަން ބަޔާންކުރުން، ސްޓްރެޗަރ، ވެންޓިލޭޓަރ ފަދަ ކަންކަން) ސާފުކޮށް ބަޔާންކުރަންވާނެއެވެ.
-
MEDIF ފޯމުގެ ސްޓޭޓަސް ބެލުމަށް ހަދާނީ ކިހިނެތްތޯ؟
އާސަންދަ ކޯލް ސެންޓަރުގެ ނަންބަރު 1400 އަށް ގުޅުއްވައިގެން މިކަން ކުރިއަށް ގެންދެވޭނެއެވެ.
އާސަންދައިގެ ފަރާތުން ތިޔަބޭފުޅާގެ މެޑިފް (MEDIF) ފޯމު މޯލްޑިވިއަން ހޮލިޑޭޒްއާ ހިއްސާކުރާނެއެވެ. އަދި މޯލްޑިވިއަން ހޮލިޑޭޒްގެ ފަރާތުން އެންމެ ފަހުގެ މައުލޫމާތު ލިބުމުން، ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ތިޔަބޭފުޅާއަށް އެކަން އަންގާނެއެވެ. -
ބަލިމީހާގެ އެހީތެރިއެއްގެ ގޮތުގައި 18 އަހަރުން ދަށުގެ ކުއްޖަކު ދިއުމަށް ޓިކެޓެއް ލިބޭނެތަ؟
ނޫން. އެހީތެރިއެއްގެ ގޮތުގައި ޓިކެޓް ދެވޭނީ 18 އަހަރުން މަތީގެ މީހަކަށެވެ.
-
ރާއްޖޭގެ އެތެރޭގައި ބަލިމީހުން ޓްރާންސްފަރ ކުރުމަށް (އެއް ރަށުން އަނެއް ރަށަށް ބަދަލުކުރުން، އެއަރ ނުވަތަ ސީ އެމްބިއުލަންސް) ކިހާ ވަގުތެއް ނަގާތޯ؟
އެއް ރަށުން އަނެއް ރަށަށް ޓްރާންސްފަރ ކުރުމަކީ އަރޖެންޓް ކޭސްއެއްގެ ގޮތުގައި އާސަންދައިން ބަލާނެއެވެ. އެހެންކަމުން، މި ކޭސްތައް ވީހާ ވެސް އަވަހަށް ނިންމުމަށް ވެލްފެއަރ ޓީމަށް އެންގޭނެއެވެ.
-
ބަލި މީހާ ގެންދާނީ ކަނޑުމަގުންތޯ ނުވަތަ ވައިގެމަގުންތޯ ނިންމަނީ ކިހިނެއް؟
ބަލިމީހާ ޓްރާންސްފަރ ކުރާނީ ކަނޑުމަގުންތޯ ނުވަތަ ވައިގެމަގުން އެމްބިއުލަންސްގައިތޯ ނިންމާނީ ބަލިމީހާގެ ޙާލަތަށް ބެލުމަށްފަހު ވެލްފެއަރ ޓީމުންނެވެ
-
އެސިސްޓިވް ޑިވައިސްއަށް ހުއްދަދެވުނު އަދަދު ކޯޓޭޝަނަށްވުރެ ކުޑައީ ކީއްވެގެންތޯ؟
އިޖުތިމާޢީ އެހީގެ ދަށުން ފޯރުކޮށްދޭ އެހީތެރިވެދޭ ވަސީލަތްތަކަށް އެހީ ދިނުމުގައި ވަކި ހާއްސަ މިންވަރުތަކެއް ކަނޑައެޅިފައިވެއެވެ. ޕަރޗޭސް އޯޑަރުގެ (PO) އަދަދު ހުއްދަދެވުނު މިންވަރަށްވުރެ އިތުރުވާނަމަ، މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ އެކަމަށް ކަނޑައެޅިފައިވާ އެންމެ މަތީ މިންވަރަށެވެ.
-
ވެލްފެއަރ އެޕްލިކޭޝަނެއް އެޕްރޫވްވުމަށްފަހު އެ ފައިސާ ޖަމާކުރެވޭނީ ކިތައް ދުވަހުން؟
ވެލްފެއަރ އެޕްލިކޭޝަންތައް އެޕްރޫވް ކުރެވޭ ތަރުތީބުން ފައިސާ ޖަމާކުރެވެމުންދާނެއެވެ. އެކަމަށް ވަކި މުއްދަތެއް ކަނޑައެޅިފައެއް ނުވެއެވެ.
-
ކުއްލި ޙާލަތްލަތްތަކުގައި އެޕްލިކޭޝަން އަވަސް ކޮށްދެވޭނެތަ؟
އާއެކެވެ. ކުއްލި ޙާލަތްތަކުގައި އެކަން އަޅުގަނޑުމެންގެ ޓީމުން އަވަސްކުރުމަށް މަސައްކަތްކުރާނެއެވެ. އެހެންނަމަވެސް، އެޕްލިކޭޝަން ޕްރޮސެސް ކުރުމަށް ހޭދަވާ ވަގުތު ބިނާވަނީ އެވަގުތު ހުރި ކޭސްތަކުގެ ޢަދަދަށެވެ.
-
މެޑިކަލް ޑިވައިސް ފޯމު ބޭނުންވަނީ ކޮން ޙާލަތެއްގައި؟
މެޑިކަލް ޑިވައިސް ފޯމު ބޭނުންވާނީ ހަމައެކަނި އޮކްސިޖަން މެޝިން، ސީޕެޕް ނުވަތަ ބައިޕެޕް މެޝިން ބޭނުންކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާ ބަލިމީހުންނަށް އެ ޑިވައިސްތައް ހޯދުމަށެވެ.
-
ފޯމުގައި ސޮއި ނުކުރެވޭ ވަރުގެ ބަލިމީހެއްގެ ފަރާތުން އެހެން މީހަކަށް ފޯމު ހުށަހެޅިދާނެތަ؟
އާނއެކެވެ. ސޮއިނުކުރެވޭ ވަރުގެ ބަލިމީހެއްގެ ބަދަލުގައި ފޯމު ހުށަހަޅުއްވާ ފަރާތަށް ފޯމުގައި ސޮއިކުރެއްވޭނެއެވެ. އަދި މިގޮތަށް ފޯމުގައި ސޮއިކުރާނަމަ ބަލިމީހާއަށް ސޮއި ނުކުރެވޭ ސަބަބު ބަޔާންކުރައްވަންވާނެއެވެ.
-
ބަލިމީހާއަށް ސޮއި ނުކުރެވޭނަމަ ބަލިމީހާގެ ބަލަދުވެރިއަކަށް އެސިސްޓިވް ޑިވައިސް ހޯދުމަށް އެދޭ ފޯމުގައި ސޮއިކުރެވިދާނެތަ؟
އާނއެކެވެ. ސޮއިނުކުރެވޭ ވަރުގެ ބަލިމީހެއްގެ ބަދަލުގައި ފޯމު ހުށަހަޅުއްވާ ފަރާތަށް ފޯމުގައި ސޮއިކުރެއްވޭނެއެވެ.
-
އެކައުންޓް ވެރިފިކޭޝަން ސްލިޕްއަކީ ކޮބާ، އަދި އޭގައި ހުންނަންޖެހޭ މަޢުލޫމާތަކީ ކޮބާ؟
އެކައުންޓް ވެރިފިކޭޝަން ސްލިޕްއަކީ ބޭންކްގެ އެކައުންޓްގެ ތަފްސީލުތައް އެނގެން ހުންނަ ލިޔުމެކެވެ. އޭގައި ހުންނަންޖެހޭނެ މަޢުލޫމާތުތަކަކީ:
- އެކައުންޓް ވެރިފަރާތުގެ ނަން
- އެކައުންޓް ނަންބަރު
- އެކައުންޓްގައި ރައްކައު ކުރެވޭ ފައިސާގެ ބާވަތް
- ބޭންކުގެ ލޯގޯ
- އެކައުންޓް ވެރިފިކޭޝަން ސްލިޕްގެ ގޮތުގައި ބަލައިގަނެވޭނެ ތަކެތި:
އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރިކަން އަންގައިދޭ ސްލިޕް (އެކައުންޓް ވެރިފަރާތުގެ ފުރިހަމަ ނަން އަދި އެކައުންޓް ނަންބަރު ފެންނަގޮތަށް)
- އޮންލައިން ބޭންކިންގ އެޕްގެ ސްކްރީންޝޮޓް (އެކައުންޓް ވެރިފަރާތުގެ ނަން، އެކައުންޓް ނަންބަރު، ފައިސާގެ ބާވަތް، އަދި ބޭންކުގެ ލޯގޯ ފެންނަން ހުންނަ ގޮތަށް)
- ބޭންކް ސްޓޭޓްމަންޓްގެ ފުރަތަމަ ޞަފްޙާ
- އެކައުންޓަށް ފައިސާ ޖަމާކުރިކަން އަންގައިދޭ ސްލިޕް.
- ބޭންކް ޗެކް
-
ވެލްފެއަރގެ ފައިސާ އާއިލާގެ މެންބަރެއްގެ ބޭންކް އެކައުންޓަށް ޖަމާކުރެވިދާނެތަ؟
އާދެ، މިފަދަ ހާލަތްތަކުގައި 'ބޭންކް އޮތޮރައިޒޭޝަން' ފޯމު ފުރިހަމަކުރުމަށްފަހު 'މައި އާސަންދަ' ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. މި ފޯމު ހުށަހަޅަންޖެހޭނީ ބޭންކް އެކައުންޓަކީ ބަލިމީހާ ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ ނަމުގައިވާ އެކައުންޓަކަށް ނުވާނަމައެވެ.
މެނުއަލްކޮށް ފޯމު ހުށަހަޅާނަމަ، އެކައުންޓުގެ ތަފްސީލުތައް ހިމަނަންވާނެއެވެ. އަދި މި ހާލަތުގައި، އެކައުންޓުގެ ވެރިފަރާތާއި ބަލިމީހާއާ ހުރި ގުޅުން ސާފުކޮށް ބަޔާންކުރަންޖެހޭނެއެވެ. -
ބަލިމީހާގެ ބޭންކް އެކައުންޓެއް ނެތްނަމަ ހަދާނީ ކިހިނެއް؟
ބަލިމީހާގެ ފަރާތުން، ބޭންކް އެކައުންޓް އޮތް އާއިލާގެ މެންބަރެއް ފޯމު ހުށަހަޅުއްވާށެވެ. ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ބަލިމީހާގެ އެކައުންޓަށް ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ އެކައުންޓަށެވެ.
-
މާލީ އެހީ ދިނުމަށް ނިންމުމަށްފަހު ފައިސާ ޖަމާވުން ލަސްވާނަމަ ހަދާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ހެލްޕްލައިން (1400) މެދުވެރިކޮށް ފައިނޭންސް ޓީމާ ގުޅުއްވުމުން ފައިސާ ޖަމާކުރުމާ ގުޅޭ މަޢުލޫމާތު ސާފުކުރެވޭނެއެވެ.
-
ފަރުވާއާއި ޓިކެޓު ހޯދުމަށް އެދި ހުށަހެޅުމުން މާލީ އެހީ ލިބެނީ ކީއްވެ؟
އެހީދޭނެ މިންވަރު ކަނޑައަޅަނީ ކޮންމެ ކޭސްއެއްގައި ބަލިމީހާއަށް ދޭންޖެހޭ ފަރުވާއާއި ވެލްފެއަރ އެހީދިނުމަށް ޝަރުޠު ހަމަވޭތޯ ބެލުމަށްފަހުއެވެ. މިގޮތަށް ދެވޭ އެހީގެ މިންވަރާ މެދު ޝަކުވާއެއް އޮތްނަމަ އެ ކޭސް އަލުން ބަލައި ދިނުމަށް ނުވަތަ އިތުރު އެހީތެރިކަމަށް އެދި އީމެއިލް ކުރެއްވުން އެދެމެވެ.
-
އައިވީއެފް ނުވަތަ އައިޔޫއައި ފަދަ ދަރިމައިވުމުގެ ފަރުވާއަށް ވެލްފެއަރ އެހީ ލިބޭނެތަ؟
އާނއެކެވެ. ވެލްފެއަރ އެހީގެ ތެރެއިން އައިވީއެފް އާއި އައިޔޫއައި ގެ ފަރުވާ ހޯދާ ބަލިމީހުންނަށް މާލީ އެހީ ފޯރުކޮށްދެވޭނެއެވެ.
-
އައިވީއެފް ގެ ފަރުވާ ހޯދިތާ އެއް އަހަރުގެ ތެރޭގައި އަލުން އައިވީއެފް ހެދުމަށް އެހީ ހޯދުމަށް ހުށަހެޅިދާނެތަ؟
ނޫނެކެވެ. ވެލްފެއަރ ސްކީމުން އައިވީއެފް އަށް މާލީ އެހީ ދެވޭނީ އަހަރަކު އެއް ފަހަރުއެވެ.
-
ވެލްފެއަރ ސްކީމުން މަސްނޫޢީ އަތް/ފައި ނުވަތަ އެހެނިހެން ގުނަވަނެއް ހޯދުމަށް އެހީ ފޯރުކޮށްދޭތަ؟
އާއެކެވެ. ސްކީމުން މަސްނޫޢީ އަތް/ފައި ނުވަތަ އެހެނިހެން ގުނަވަން ހޯދުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
-
އާސަންދައިން ނުލިބޭ ބޭސް ހޯދުމަށް ވެލްފެއަރގެ މާލީ އެހީތެރިކަން ލިބޭނެތަ؟
އާއެކެވެ. ކަވަރޭޖް ނިންމާނީ އެހީއަށް ހުށަހަޅުއްވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ. ހުށަހަޅުއްވާ ލިޔުންތަކުގެތެރޭއި ޕްރިސްކްރިޕްޝަން ހިމަނުއްވަންވާނެއެވެ. (އެ ޕްރިސްކްރިޕްޝަން ދޫކުރި ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި)
-
ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ހޯދަމުންދާއިރު ވެލްފެއަރގެ އެހީތެރިކަމަށް އެދެވިދާނެތަ؟
އާއެކެވެ. ބޭރުގައި ފަރުވާ ހޯދަމުންދާއިރު މާލީ ދަތިތަކާ ކުރިމަތިވެއްޖެނަމަ ވެލްފެއަރގެ އެހީތެރިކަމަށް އެދެވިދާނެއެވެ.
-
ގިނަ ޢަދަދެއްގެ ވެލްފެއަރ އެޕްލިކޭޝަންތައް ލިބޭއިރު އެ އެޕްލިކޭޝަންތަކުގައި އިސްކަންދޭނެ ތަރުތީބު ކަނޑައަޅަނީ ކިހިނެއް؟
އިމަރޖެންސީ ކޭސްތަކަށް އިސްކަންދިނުމަށް އެފަދަ ކޭސްތަކުގެ މަޢުލޫމާތު ވެލްފެއަރ ޓީމަށް ދެވޭނެއެވެ. އެޕްލިކޭޝަންތައް ޕްރޮސެސްކުރުން ބިނާވަނީ ލިބޭ ކޭސްތަކުގެ ޢަދަދަށާއި ތަރުތީބަށެވެ.
-
ބޭންކް އެކައުންޓްގެ މުޢާމަލާތްތައް ހިންގޭ ޙާލަތެއްގައި ބަލިމީހާ ނެތްނަމަ ޢާއިލާގެ މެންބަރެއްގެ އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެތަ؟
އާނއެކެވެ. ފައިސާ ޖަމާކުރެވޭނީ ބަލިމީހާގެ ނުވަތަ އެހީއަށް އެދޭ ފަރާތުގެ ބޭންކް އެކައުންޓަށެވެ. މިގޮތަށް ބަލިމީހާ ނޫން ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ބޭނުންވާނަމަ އެޕްލިކޭޝަން ފޯމު ހުށަހަޅަންވާނީ އެމީހާގެ ނަމުގައެވެ.
-
ބަލިމީހާ ނުވަތަ އެހީއަށް އެދޭފަރާތުން، ފައިސާ ޖަމާކުރަން ބޭނުންވާ އެކައުންޓް ބަދަލުކުރަން ބޭނުންވެއްޖެނަމަ ހަދާނީ ކިހިނެއް؟
ބޭންކް އެކައުންޓް މަޢުލޫމާތު އަޕްޑޭޓްކުރުމަށްޓަކައި ލިޔެކިޔުންތަކާއެކު ހުށަހަޅާށެވެ.
-
މާލީ އެހީ ޖަމާކުރެވޭނީ ރުފިޔާއިންތަ ނުވަތަ ޔޫއެސް ޑޮލަރުންތަ؟
އެހީގެ ފައިސާ ޖަމާކުރެވޭނީ ދިވެހި ރުފިޔާއިންނެވެ.
-
ފައިސާ ޖަމާކުރެވެނީ ސީދާ ވެންޑަރުންނަށްތަ ނުވަތަ ބަލިމީހުންނަށްތަ؟
މާލީ އެހީތެރިކަން ބަލިމީހުންނަށް ޑިޕޮސިޓް ކުރެވޭނީ ހުށަހަޅުއްވާފައިވާ ބޭންކް ފޯމާ އެއްގޮތަށެވެ.
ވެންޑަރުން ޖެހޭނީ މެޑިކަލް އެސިސްޓިވް ޑިވައިސްއަށް ދީފައިވާ ޕީ.އޯ.އާއެކު (ބަލިމީހާގެ ސޮޔާއެކު) އިންވޮއިސް ހުށަހަޅުއްވާށެވެ. އަދި އެއާ އެއްގޮތަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.