މެރަނާ ސްކީމަކީ ކޮބާ؟
މެރާނާ ސްކީމަކީ އިންޑިއާ، ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިން ފޯރުކޮށްދޭ ޞިއްޙީ އިންޝުއަރެންސް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން އައުޓް ޕޭޝަންޓް ޚިދުމަތްތަކުގެ ޚަރަދުގެ ގޮތުގައި 10،000 ރުފިޔާއާ އެކު ކޮންމެ މީހަކަށް އަހަރަކު 150،000 ރުފިޔާއާ ހަމައަށް ޚިދުމަތް ލިބޭނެއެވެ.އިންޑިއާ އާއި ސްރީލަންކާގައި އާސަންދަ އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްތަކުގައި ކޭޝްލެސްކޮށް މި ޚިދުމަތް ލިބޭނެއެވެ. މެލޭޝިއާގައި މި ޚިދުމަތް ލިބޭނީ އަމިއްލައަށް ފައިސާ ދެއްކުމަށްފަހު ރީއިމްބަރސް ކުރާ އުޞޫލުންނެވެ.
މެރަނާ ސްކީމްގައި ބައިވެރިވެވޭނީ ކޮން ބަޔަކަށް؟
ސްރީލަންކާ، އިންޑިއާ، މެލޭޝިއާ އަދި ފިލިޕީންސްގައި މަދުވެގެން 6 މަސްދުވަހުގެ (މުއްދަތު ހަމަނުވާ) ވިސާއެއްގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް މި ސްކީމްގައި ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި ދަރިވަރުންނާއި ބެލެނިވެރިން ވެސް ހިމެނެއެވެ. ނަމަވެސް ބިޒްނަސް ވިސާގައި ތިބޭ ފަރާތްތައް ނުހިމެނެއެވެ.
މެރަނާގައި ރަޖިސްޓްރީ ކުރާނީ ކިހިނެއް؟
މެރަނާ ސްކީމްގެ ދަށުން ލިބޭނީ ކޮން ޚިދުމަތްތަކެއް؟
އާސަންދަ އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްތަކުން، ކަނޑައެޅިފައިވާ އަހަރީ ލިމިޓްގެ ދަށުން، އިންޕޭޝަންޓް އަދި އައުޓްޕޭޝަންޓް ޚިދުމަތްތައް ލިބޭނެއެވެ. ނަމަވެސް، ކޮސްމެޓިކް ފަރުވާ، އޯލްޓަނޭޓިވް މެޑިސިން ފަދަ ޚިދުމަތްތަކާއި އާސަންދަ އެމްޕެނަލްކޮށްފައިނުވާ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް އަދި ތަޖުރިބާކުރުމުގެ ގޮތުން އަލަށް ދެވޭ ފަރުވާތައް މި ސްކީމުގެތެރޭގައި ނުހިމެނޭނެއެވެ.
https://web-dev.aasandha.mv/services-not-under-aasandha-scheme
މެރަނާ ސްކީމުން ވަކިވާނީ ކިހިނެއް؟
މެރަނާގައި ރަޖިސްޓްރީވެފައި އޮތްތޯ ބަލާނީ ކިހިނެއް؟
މެރާނާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ސްޓޭޓަސް ބެލޭނެއެވެ. ނުވަތަ ތިޔަފަރާތުގެ މަޢުލޫމާތާއިއެކު [email protected] އަށް އީމެއިލް ކުރުމުން، ކަސްޓަމަރ ސަރވިސްއިން އެ މަޢުލޫމާތު އަރުވާނެއެވެ. ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތްކުރުމަށް 9201400 960+
ވިސާގެ މުއްދަތު ހަމަވުމުން ރަޖިސްޓްރޭޝަނަށް ވާނީ ކިހިނެއްތޯ؟ އަދި ސްކީމުގައި ހިމެނުމަށް އަލުން އެދެން ޖެހޭނެތޯ؟
ވިސާގެ މުއްދަތު ހަމަވެއްޖެނަމަ، ތިޔަފަރާތް ސްކީމުން އުނިކުރެވޭނެއެވެ. ވީމާ، ވިސާގެ މުއްދަތު އިތުރުކުރުމަށްފަހު، މެރަނާ ޚިދުމަތްތައް ދެމެހެއްޓުމަށް ބޭނުންނަމަ، އާ އެޕްލިކޭޝަނެއް ހުށަހަޅަން ޖެހޭނެއެވެ.
މެރަނާ ސްކީމްގައި ރަޖިސްޓްރީވުމުގެ ކުރިން ހޯދާފައިވާ ފަރުވާއަކަށް، (ފަރުވާނެގި ތާރީޚް ވިސާގެ މުއްދަތުގެ ތެރޭގައި ހިމެނޭނަމަ)، ފައިސާ ހޯދުމަށް އެދެވިދާނެތޯއެވެ؟
ނޫނެކެވެ. މި ސްކީމްގެ ދަށުން ފައިސާ ދޫކުރެވޭނީ ހަމައެކަނި ސްކީމްގައި ރަޖިސްޓްރީވުމަށް ފަހު ހޯދާފައިވާ ފަރުވާތަކަށެވެ. މީގެ އިތުރުން، ސްކީމުން ވަކިވެފައިވާ ފަހުން ހޯދާފައިވާ ފަރުވާތަކަށް ވެސް ޚިދުމަތް ނުލިބޭނެއެވެ.
އައިނުގެ ޚަރަދު މި ސްކީމުގެ ދަށުން ކަވަރުކުރޭތޯ؟
އާއެކެވެ. މިގޮތުން، އައިނަށް ކުރާ ޚަރަދުތަކަށް ޚިދުމަތް ލިބިގެންދާނީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު، އަހަރަކަށް ކަނޑައަޅާފައިވާ ޖުމްލަ ލިމިޓުގެ ތެރެއިން ބާކީވާ މިންވަރަކަށް، އެންމެ ގިނަވެގެން 2،000 (ދެހާސް) ރުފިޔާއަށެވެ.
މެރަނާ ސްކީމްގެ ދަށުން ކަވަރު ކުރާނީ ކިހާ މިންވަރަކަށްތޯ؟
މި ސްކީމްގެ ދަށުން ކަވަރު ކުރަނީ ކަނޑައެޅިފައިވާ ސަބް-ލިމިޓްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މެޑިކަލް ޚަރަދުތަކުގެ %65 އެވެ.
އެޑްމިޓްވުމުގެ ކުރިން އިންޕޭޝަންޓް ފަރުވާއަށް ޕްރީ-އެޕްރޫވަލް ހޯދަންޖެހޭނެތޯ، ނުވަތަ ހަމައެކަނި ރީއިމްބަރސް ކުރުންތޯ އޮންނާނީ؟
ސްރީ ލަންކާ އާއި އިންޑިޔާގައި އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްތަކުން އިންޕޭޝަންޓް ފަރުވާ ހޯއްދަވާނަމަ، އެ ފަރުވާ ފެށުމުގެ ކުރިން ޕްރީ އެޕްރޫވަލް ހޯއްދަވަންވާނެއެވެ.ނަމަވެސް، މެލޭޝިޔާ އަދި ފިލިޕީންސްގައި މި އުސޫލު ތަފާތެވެ. އެގޮތުން، ޚިދުމަތްތަކަށް ފުރަތަމަ ފައިސާ ދެއްކުމަށްފަހު، އެ ފައިސާ ހޯއްދެވުމަށް ރީއިމްބަރސްމަންޓަށް ހުށަހަޅުއްވާށެވެ.
އައުޓްޕޭޝަންޓް ޚިދުމަތްތަކަށް ހަމަޖެހިފައިވާ އަހަރީ ލިމިޓް ކަމުގައިވާ 10،000 ރުފިޔާ ހަމަވުމުން ދެން ހަދާނީ ކިހިނެއްތޯ؟
ބޭނުން ނުކުރެވޭ އަދަދު ކެރީފޯވަރޑެއް ނުވާނެއެވެ. ކޮންމެ އަހަރަކު ލިމިޓު ރީސެޓްވަމުން ދާނެއެވެ.
ރީއިމްބަރސްމަންޓަށް އެދޭނީ ކިހިނެއްތޯ؟
ވިސާގެ މުއްދަތު ނުވަތަ އެކްސްޕަޔަރީ ޑޭޓް ބަލާނެ ގޮތަކީ ކޮބައިތޯ؟
ވިސާ ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި އެ މުއްދަތު ސާފުކޮށް ބަޔާންކޮށްފައިވާނެއެވެ.
ރަޖިސްޓްރީ ކޮށްފައިވާ އީމެއިލް ނުވަތަ ޔޫޒަރނޭމް ހަނދާން ނެތިއްޖެނަމަ ހަދާނީ ކިހިނެއް؟
[email protected] އަށް އީމެއިލް ކުރުމުން، ކަސްޓަމަރ ސަރވިސް ޓީމުގެ އޭޖެންޓެއް އެކްސެސް އަނބުރާ ހޯދުމުގައި އެހީތެރިވެދޭނެއެވެ.