ޝިކާވަތި ޗެޓްލައިނަކީ ކޮބާ؟
ޝިކާވަތި ޗެޓްލައިނަކީ އާސަންދައިގެ ދަށުން ފޯރުކޮށްދޭ ބޭސް ނެގުމުގައި ދިމާވާ މައްސަލަތައް ވައިބަރ ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް ޤާއިމުކުރެވިފައިވާ ޗެޓްލައިނެކެވެ.
ޝިކާވަތި ޗެޓްލައިން މެދުވެރިކޮށް ހުށަހެޅޭނެ މައްސަލަތަކަކީ ކޮބާ؟
ޝިކާވަތި ޗެޓްލައިން މެދުވެރިކޮށް ތިރީގައިވާ މައްސަލަތައް ހުށަހެޅޭ:
ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ބަލި މީހުންނާ ގުޅޭ ކަންކަން ޝިކާވަތި މެދުވެރިކޮށް ބެލޭނެތަ؟
ނޫން. ރާއްޖެއިން ބޭރުން ފަރުވާ ހޯދާ ބަލި މީހުންނާ ގުޅޭ ކަންކަން ސާފުކުރެއްވުމަށް ގުޅުއްވާނީ އާސަންދަ ކޯލްސެންޓަރ ނަންބަރު 1400 އަށެވެ. ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
ޝިކާވަތި ޗެޓްލައިނަށް ގުޅޭނީ ކިހިނެއް؟
7951400 އަށް ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް މެސެޖް ކޮށްގެންނެވެ.
ބޭސް ސިޓީގައި ހުންނަ ބައެއް ބޭސް ނުލިބެނީ ކީއްވެ؟
ބައެއް ބޭސްތައް ނުލިބޭ ސަބަބަކީ:
މިފަދަ މައްސަލަތަކުގައި ޑޮކްޓަރާ މަޝްވަރާކުރައްވައިގެން އެ ބައްޔަކަށް ބޭނުންކުރެވިދާނެ އެހެން ބޭހެއް ހޯދިދާނެއެވެ. ނުވަތަ ރާއްޖެއިން ބޭރުން އެތެރެކުރަންޖެހޭ ބޭހެއް ނަމަ އެފަދަ ފާމަސީއަށް ހުށަހަޅައިގެން އެ ބޭހެއް ހޯދިދާނެއެވެ.
ބޭސް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ބޭސް އަލުން ނަގަން ޖެހިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟
ބޭސް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ ބޭސް އަލުން ނެގޭނީ އެ ބޭހުގެ %85 ބޭނުން ކުރެވިފައިވާނަމައެވެ. އެހެންނަމަވެސް، އެކަށީގެންވާ ސަބަބެއް (މިސާލަކަށް ދަތުރެއް ކުރަންޖެހިގެން ނުވަތަ ޞިއްޙީ ބޭނުމެއް) އޮވެގެން، އެ ބޭސް ޑޮކްޓަރު ލިޔެދީފައިވާނަމަ، ފާމަސީއަށް އެ ބޭހެއް ދޫކުރެވިދާނެއެވެ. މިފަދަ ޙާލަތްތަކުގައި ފާމަސިސްޓުން އެ ބޭސް ދޫކުރާ ސަބަބު އާސަންދަ ޕޯޓަލްގައި ރެކޯޑުކުރަންވާނެއެވެ.
އޯޓީޕީ މެސެޖް ނުލިބި ލަސްވަނީ ނުވަތަ ނުލިބެނީ ކީއްވެ؟
ނަގާފައިވާ ބޭސް ގެއްލިއްޖެނަމަ އާސަންދައިން އަލުން ބޭސް ދޫކުރެވިދާނެތޯ؟
ނޫން. ނަގާފައިވާ ބޭސް ގެއްލިއްޖެނަމަ، އާސަންދައިން އަލުން އެ ބޭސް ސިޓީއަށް ބޭސް ދޫ ނުކުރާނެއެވެ. އެހެންނަމަވެސް ބޭނުންވެއްޖެނަމަ ބަލިމީހާ އަމިއްލައަށް ބޭސް ގަނެވިދާނެއެވެ.
އަޅުގަނޑު ބޭސް ނުނަގަނިސް އާސަންދަ ޕޯޓަލްގައި ބޭސް ދޫކުރެވިފައިވާކަމަށް ދައްކާނަމަ ހަދާނީ ކިހިނެއްތޯ؟
ބޭސް ސިޓީއާއި ތަފްޞީލުތައް ޝިކާވަތި ޗެޓް ލައިނަށް (7951400) ފޮނުވައިދެއްވާ. އަޅުގަނޑުމެންގެ ޓީމުން އެކަން ބެލުމަށްފަހު މައްސަލަ ޙައްލުކޮށްދޭނެ.
އާސަންދަ މޯބައިލް އެޕްލިކޭޝަނުން އަޅުގަނޑުގެ ބޭސް ސިޓީ ބެލޭނެތޯ؟
އާސަންދަ މޮބައިލް އެޕްގައި، ބޭސް ސިޓީ ބެލެން ނުހުންނާނެއެވެ. ނަމަވެސް ޑޮކްޓަރ ލިޔެދެއްވާފައިވާ ބޭސްތައް މޮބައިލްއެޕުން ބެލެން ހުންނާނެއެވެ. ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރުން ލޮގިންވެ ތަފްޞީލުތައް ބެލޭނެއެވެ.
އާސަންދައިގެ މެސެޖްތައް ލިބޭ މޯބައިލް ނަންބަރު ބަދަލުކުރާނީ ކިހިނެއް؟
އާސަންދަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މެސެޖު ލިބޭ ނަންބަރު ބަދަލު ކުރެވޭނެއެވެ. ލޮގިންވެ، ޕްރޮފައިލް/ސެޓިންގްސްއަށް ގޮސް ރަޖިސްޓަރީކޮށްފައިވާ ފޯނު ނަންބަރު އަޕްޑޭޓްކުރެވޭނެއެވެ.
ނުވަތަ 1400 ނަންބަރު ފޯނާ ގުޅުއްވައިގެން އާސަންދައާ މުޢާމަލާތް ކުރައްވާށެވެ.
ބަލިމީހުން އަމިއްލައަށް ބޭހަށް ފައިސާ ދައްކަން ޖެހޭތަ؟
https://web-dev.aasandha.mv/master-medicines-and-consumables-list