ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެއިން ލިބެންނެތް ފަރުވާ ތަކަށެވެ. އަދި އެކަން ކަށަވަރު ކޮށްދެއްވާނީ ރާއްޖޭގައި ސްކީމްގެ ދަށުން ޚިދުމަތްދޭ މަރުކަޒުތަކުގައި ތިއްބަވާ އެކަމަކާ ގުޅުން ހުރި ޑޮކްޓަރުންނެވެ.
ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށްޓަކައި ތިރީގައިވާ ލިޔުންތައް ފުރިހަމަކުރުމަށްފަހު އާސަންދަ އޮފީހަށް ހުށަހަޅަންޖެހޭނެއެވެ. ފުރިހަމަކޮށްފައިވާ ފޯމާއި ލިޔުންތައް އާސަންދަ އޮފީހަށް ބަލައިގަންނަ ވަގުތުން ފެށިގެން ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބެއް އެރުވޭނެއެވެ. މެޑިކަލް އޮތޮރައިޒޭޝަން ޑިޕާޓްމަންޓުން އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާ ހުށަހެޅުންތައް (ފޯމުތައް) މީގެތެރެއިން އިސްތިސްނާވާނެއެވެ. މިފަދަ ފޯމްތަކަށް އެންމެ ގިނަވެގެން 3 ދުވަސް ތެރޭ ޖަވާބެއް އެރުވޭނެއެވެ.
އިމަޖެންސީ ހާލަތްތަކުގައި ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ފޮނުވޭނީ ރާއްޖެއިން ލިބެންނެތް ފަރުވާ ތަކަށެވެ. އިމަޖެންސީ ހާލަތެއްކަމުގައި ބަލަނީ ބަލިމީހާގެ ބައްޔަށް ވަގުތުން ފަރުވާ ނުދެވިއްޖެނަމަ ފުރާނައަށް ނުރައްކާވާ ޙާލަތްތަކާއި، ވަގުތުން ފަރުވާ ނުދެވިއްޖެނަމަ ދާއިމީ ނުކުޅެދުންތެރި ކަމެއް މެދުވެރިވެދާނެ ހާލަތްތަކެވެ.
އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވުމަށް އާސަންދައަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަށް 24 ގަޑިއިރު ބަލައިގަންނާނެއެވެ.
މެޑިފޯމަކީ ވައިގެ މަގުން ބަލިމީހާ އުފުލުމަށް ހުއްދައަށް އެދި އެއާލައިނަށް ހުށައަޅަންޖެހޭ ފޯމެކެވެ. މި ފޯމް ފުރުއްވާނީ ބަލިމީހާ ބައްލަވަމުންދާ ޑޮކްޓަރެވެ. މިފޯމް އާސަންދަ އޮފީހުންނާއި އެއާލައިންތަކުގެ އޮފީހުން ލިބެންހުންނާނެއެވެ. ކޮންމެ އެއާލައިނެއްގެ މެޑި ފޯމު ތަފާތުވާނެއެވެ. މެޑި ފޯމްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަވާންޖެހޭނެއެވެ. އަދި މިފޯމްގައި ހޮސްޕިޓަލްގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. މި ފޯމްގެ އަސްލު ނެތި ބަލިމީހާއަށް ދަތުރުނުކުރެވޭނެއެވެ.
އިމަޖެންސީ ހާލަތްތަކުގައި ސްޓްރެޗަރގައާއި އިންޓިއުބޭޓް ކޮށްގެން ދަތުރުކުރަން ޖެހޭފަދަ ބަލިމީހުންނަށް ހުސްނުވާ އާސަންދައިގެ ދަށުން ފްލައިޓުން ޖާގަ ހޯދުމަށް އެހީތެރިވެދޭނެއެވެ. އަދި ސްޓްރެޗަރގައާއި އޮކްސިޖަން ގުޅައިގެން އަދި އިންޓިއުބޭޓް ކޮށްގެން ދަތުރު ކުރައްވާ ބަލިމީހުން އެއާޕޯޓުން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލަންސް ހަމަޖައްސާ ދެވޭނެއެވެ. މިގޮތުން ޓިކެޓް ނެގުމަށްފަހު އާސަންދައަށް ޓިކެޓްގެ ކޮޕީއެއް ހުށަހެޅުމުން އެމްބިއުލަންސް ހަމަޖައްސައި ދެވޭނެއެވެ. ފްލައިޓް ފުރުމުގެ ގަޑިއަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން އާސަންދައަށް އަންގަންވާނެއެވެ. ހަމަމިއާއެކު ރާއްޖެއިން ބޭރަށް ދިއުމަށްފަހު ބަލިމީހާއަށް ނުވަތަ އެހީތެރިޔާއަށް ގުޅޭނެ ނަންބަރެއް އާސަންދައަށް އަންގަން ވާނެއެވެ.
ރާއްޖެއިން ބޭރުގައިވާ ފަރާތްތަކަށް އާސަންދައިގެ ޚިދުމަތް
ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ އަދި ރާއްޖެއިން ބޭރަށް ޒިޔާރަތްކުރައްވާ ބޭފުޅުންނަށްވެސް ހުސްނުވާ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން (އާސަންދައިގެ ޚިދުމަތްދޭ މަރުކަޒަކުން) އެޙިދުމަތް ލިބޭނީ އެފަރުވާއަކީ ރާއްޖެއިން ނުކުރެވޭ ކަމެއްކަމުގައި ވާނަމައެވެ. ނަމަވެސް ކުއްލިއަކަށް ދިމާވާކަމަކުން ވަގުތުން ވަގުތަށް ފަރުވާ ނުލިބިއްޖެނަމަ މީހާގެ ފުރާނައަށް ނުރައްކާވާ ޙާލަތެއް މެދުވެރިވެގެން ނުވަތަ އަވަހަށް ފަރުވާ ނުލިބިއްޖެނަމަ ދާއިމީ ނުކުޅެދުންތެރިކަމަށް ދަނީކަމަށް ލަފާކުރެވޭނަމަ ރާއްޖެއިން ލިބޭ ފަރުވާތަކަށްވެސް އާސަންދައިގެ ޚިދުމަތްދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ޙިދުމަތް ލިބޭނެއެވެ.
ޚިދުމަތަށް އެދުން:
ރާއްޖެއިން ބޭރުގައި ހުސްނުވާ އާސަންދައިގެ ޚިދުމަތް ހޯއްދެވުމަށް ބޭނުންވާނަމަ އާސަންދަ ޕެނަލްގައި ހިމެނޭ ހޮސްޕިޓަލެއް މެދުވެރިކޮށް ބައްޔާގުޅޭ ލިޔުންތައް އާސަންދަ އޮފީހަށް ހުށަހަޅުއްވާނީއެވެ.
މިގޮތުން ހުށަހަޅުއްވަންޖެހޭ ލިޔުންތަކަކީ:
ރާއްޖެއިން ބޭރުގައި ހުންނަވައިގެން ހުސްނުވާ އާސަންދައިގެ ޚިދުމަތް ހޯއްދެވުމަށް ރިކޮމެންޑޭޝަން ފޯމް ފުރިހަމަކުރައްވާކަށް ނުޖެހޭނެއެވެ.