އާސަންދަ ސްކީމް

ކަސްޓަމަރ ސާރވިސަސް ފްރަންޓް އޮފީސް

އާސަންދަ ކުންފުނީގެ ކަސްޓަމަރ ސާރވިސަސް ފްރަންޓް އޮފީހުން އެކަމަށް ޚާއްސަކުރެވިފައިވާ ހޮޓްލައިން (1400) އިން 24 ގަޑިއިރުގެ ޚިދުމަތް ހަފްތާގެ ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.

ކަސްޓަމަރ ސަރވިސް ފްރަންޓް އޮފީހަކީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ރިފަރކުރެވޭ ފަރާތްތަކާ އެންމެ ގާތުން މަސައްކަތްކުރާ އޮފީހެވެ. ދުވަހުން ދުވަހަށް މި އޮފީހަށް ލިބޭ ކޭސްތަކަށް 24 ގަޑިއިރުގެ ތެރޭގައި ޖަވާބުއަރުވާނެއެވެ. އަދި އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރަށް ފޮނުވާ ބަލިމީހާގެ ހުރިހާ ލިޔުންތައް ހުށަހަޅުމުން އެންމެ ގިނަވެގެން 2 ގަޑިއިރުތެރޭ ކަސްޓަމަރ ސާރވިސަސް ގެ ފަރާތުން ޖަވާބުލިބޭނެއެވެ.

މީގެ އިތުރުން، ހުސްނުވާ އާސަންދަ ސްކީމް ބޭނުންކުރުމާ ބެހޭގޮތުން އާއްމު ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް ކަސްޓަމަރ ސަރވިސަސް މެދުވެރިކޮށް އޮޅުންފިލުވޭނެއެވެ.