ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (މުއްދަތު ހަމަވެފައިވިޔަސް) ނުވަތަ ޕާސްޕޯޓު ކާޑު ހުށަހެޅުމުން، ޞިއްޙީ ޚިދުމަތްދޭ ދިވެހި ސަރުކާރުގެ މަރުކަޒުތަކުންނާއި ހުސްނުވާ އާސަންދައިގެ ޚިދުމަތްދޭ ރާއްޖޭގެ ޕްރައިވެޓް މަރުކަޒުތަކުން ބޭސްފަރުވާ ކުރެވޭނެއެވެ.
ޞިއްޙީ ޚިދުމަތްދޭ ސަރުކާރުގެ މަރުކަޒުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފުރިހަމަ ޚަރަދު ސްކީމް މެދުވެރިކޮށް ހަމަޖައްސައި ދެވޭނެއެވެ. އަދި، ސްކީމުގެ ދަށުން އެމްޕެނަލްކޮށްފައިވާ އަމިއްލަ ފަރާތްތަކުގެ މަރުކަޒުތަކުން ހޯދާ ޚިދުމަތްތަކުގެ ޚަރަދުން ކަނޑައެޅިފައިވާ މިންވަރު ސްކީމުން ކަވަރުކުރާނެއެވެ.
ޑޮކްޓަރު ބޭސްސިޓީގައި ލިޔެދެއްވާފައިވާ ބޭހުގެ ތެރެއިން ސްކީމުން ކަވަރުކުރާ ހުރިހާ ބޭހެއް، އާސަންދައިގަ އެމްޕެނަލްކުރެވިފައިވާ ބޭސްފިހާރަތަކުން (ސަރުކާރު ބޭސްފިހާރަތަކާ އަމިއްލަ ފަރާތްތަކުގެ ބޭސްފިހާރަތައްވެސް ހިމެނޭ ގޮތަށް) އެއްވެސް އަގަކާނުލާ، ލިބޭނެއެވެ.